ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިގެ ފަސްބައި މާ ރީތި، ސިފަވަނީ އެމްޑީޕީގެ ރަމްޒެއްގެ ގޮތުގަ: ދޮންބިލެތް

ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލެއް އަހުމަދު ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟
އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ސިފަ ކުރެވެނީ، އެމްޑީޕީގެ ފުރިހަމަ ރަމްޒެއްގެ ގޮތުގައިކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

ދޮންބިލެތް މިހެން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. އެތެރޭގެ އިންތިހާބުގައި އިންތިއަށް ތާއީދު ކުރަންޖެހޭ ސަަބަބެއްގެ ގޮތުގައި ހަލީމް ވިދާޅުވީ އޭނާ އެއްވެސް މިންވަރަކަށް ކޮރަޕްޝަނެއްގައި ބައިވެރިވެފައި ނެތުމެވެ. އިންތިއަކީ ފަސްބައި ސާފު، އެއްވެސް ކުނިކޮޅެއް ނެތް މެމްބަރެއްގެ ގޮތުގައި ފާހަގަކޮށް ދޮންބިލެތް ވިދާޅުވީ، އޭނާ އަބަދުވެސް މަސައްކަތް ކުރީ ޕާޓީއަށް ކުރިއެރުން ހޯދައިދީ ޕާޓީގެ އަސްލު ސިފަތައް ކުރިއެރުވުމަށް ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ރީކޯ މޫސާ މަނިކަށް ބަހުގެ ހަމަލާތައް އަމާޒުކޮށް ދޮންބިލެތް ވިދާޅުވީ އިންތިއަކީ މޫސަ އުޅުއްވިހެން ޕާޓީ ބަދަލު ކުރުމުގެ ފިކުރު ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ. އެމްޑީޕީގެ އެތެރޭގައި ޖެހޭ މައްސަލަތަކާއި، އަދި ޕާޓީގެ އެތެރޭގައި އޮންނަ ދެބަސްވުންތައް ވެސް ހައްލުކޮށް ހުރިހާ އެންމެން އެއްގަލަކަށް ގެނައުމަށް އިންތި އަބަދުވެސް މަސައްކަތް ކުރައްވާކަމަށް ދޮންބިލެތް ވިދާޅުވި އެވެ.

“އިމްތިޔާޒު ރަމްޒަކަށް ނެގޭ ގޮތަކީ. އަޅުގަނޑުވެސް ވަރަށް ގިނަމީހުންނާ އެބަ ދިމާވެގެން ދެތެރެއަކުން އެބަ އަހާލަން. ހަމަ ބުނާއިރަށް ބުނޭ އިމްތިޔާޒު ފަހުމީއޭ. އަޅުގަނޑު އެބަ އަހަން ކީއްވެގެންހޭ. ހަމަ ބުނާއިރަށް ބުނާނެ. އެއީދެން އިންތީގެ ފަސްބައިވެސް މާރީތީއޭ. އިނަތީގެ އެއްވެސް ކަހަލަ ވާހަކައެއްވެސް އަޑުއިވިފައެއްނެތޭ. ވަރަށް ސާފޭ. އަޅުގަނޑުމެންގެ ދިދައިގަ އެ އިންނަނީ އިންނަނީ އަޅުގަނޑުމެން އާނމުކޮށްފަ ތިލަފަތެއް. އޭގެ މާނަޔަކީ އަދުލު އިންސާފު ނޫނީ އިންސާފު. ހަމަހަމަކަން. އިންތިއަކީ ވަރަށް ބޮޑަށް ހަމަހަމަކަން ގެންގުޅުއްވާ އިންތިޔަކީ ވަރަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ހަމަ އިންތި މިއަދުވެސް ފެންނަނީ.” ދޮންބިލެއް
ޕާޓީގެ މެމްބަރުން ވެސް އިންތިއާއި މެދު ހިތްހަމަޖެހެނީ ޕާޓީއަށް އޮތް އިހުލާސްތެރިކަން އެ މެމްބަރުންނަށް ފެނިފައިވާތީކަމަށާއި، އިންތިއާއި ގުޅޭގޮތުން މީޑިއާތަކުގައި ވެސް އަދި ސޯޝަލް މީޑިއާގައި ވެސް ތަފާތު އެކި އެކި ވާހަކަތައް ފެތުރިފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ. ހަލީމް ވިދާޅުވީ އިންތިއަކީ އެމްޑީޕީގެ ސިޔާސަތާއި އެއްގޮތަށް ތިލަފަތުގެ ހަމަހަމަކަމަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެންމެ މުހިންމީ ޕާޓީގެ އަސާސީ ގަވައިދަށް އިހުތިރާމް ކުރުންކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް އަނެއްކާވެސް މައްސަލަތައް ގޯސްވެފައިވާއިރު، އެންމެ ފަހުން ޖެހުނީ ރ. ދުވާފަރު އާމިރު އަހުމަދު އެ ރަށު ސިއްހީ މަރުކަޒުގެ ވަޒީފާއިން ވަޒީފާއިން ވަކި ކުރި މައްސަލަ އެވެ. އިންތިގެ ކެމްޕެއިން ޓީމުން ތުހުމަތު ކުރާގޮތުގައި އޭނާ ވަޒީފާއިން ވަކި ކުރީ ފައްޔާޒަށް ތާއީދު ކުރަން އެންގުމުން އެގޮތަށް އަމަލު ނުކުރުމުގެ ސަބަބުންނެވެ. އެ މައްސަލަ އިއްޔެގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން އެމްޑީޕީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަރިސް ބޭފުޅުން ވަނީ ނުރުހުންފާޅުކޮށް މިއީ ރައީސް ސޯލިހަށް ދަތިކުރުންގެ ގޮތުގައި ސިފަކޮށްފަ އެވެ. އެކަމަށް ރައްދު ދީ ރައީސް ނަޝީދާއި އަރިސް ބޭފުޅުން ވަނީ ނުފޫޒާއި ބާރުގެ ބޭނުން ކުރުން ހުއްޓާލުމަށާއި، އެއީ އެމްޑީޕީގެ ސިފަތަކެއް ނޫންކަމަށް ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: