ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިޔާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލައިގެ ޝަރީއަތް ހައިކޯޓުން ލައިވް ކުރަަނީ

އިދިކޮޅުން ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރުމަށް ނިންމި ނިންމުމާއި ގުޅިގެން، ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން ހައިކޯޓަށް ހުށައެޅި މައްސަލައިގެ ޝަރީއަތް ލައިވްކޮށް ދެއްކުމަށް އެ ކޯޓުން ނިންމައިފި އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރުމަށް ޑިފެންސް މިނިސްޓްރީން ނިންމުމާއި ގުޅިގެން އަޒާންގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް މެދުވެރިކޮށް އެމައުލޫމާތު ހޯދުމަށް އެދުމުން އެކޮމިޝަނުން ވެސް 2020 ވަނަ އަހަރު ކަނޑަޅާފައިވަނީ އެމްއެންޑީއެފްގެ ނިންމުން ރަނގަޅު ކަމަށާއި އެމައުލޫމާތު ހާމަކުރަން ނުޖެހޭ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަަށް އަޒާން ހުށައެޅި މައްސަލައިގެ ޝަރީއަތް އިއްޔެ ފެށުމާއެކު އޭނާ އެދުނީ އެޝަރީއަތް ލައިވްކޮށް ދެއްކުމަށެވެ. އަޒާންގެ އެ ހުށައެޅުމާއި މެދު ކޯޓުން ނާއި އައިކޮމް އިންވެސް ދެކޮޅު ހަދާފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފަނޑިޔާރުންގެ ބެންޗުން ނިންމީ ޝަރީއަތް ލައިވް ކުރުމަށެވެ.

ޝަރީއަތް ލަައިވްކުރުމަށް ނިންމުމަށްފަހު ޝަރީއަތް މެދުކަނޑާލިއެވެ. ހައިކޯޓުން ބުނިގޮތުގައި ޝަރީއަތް ލައިވްކުރާނީ ޔޫޓިއުބްގައެވެ.

އެ މައްސަލަ ހައި ކޯޓްގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު  އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ހަޝަން ޝަފީއު އެވެ. ރިޔާސަތަކީ ފަނޑިޔާރު ހުސައިން ޝަހީދެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ކަމަށާއި އެ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް އިސްވެ ހުންނަވައި ގެންދަނީ މުޒާހަރާ ކުރަމުންނެވެ. އިދިކޮޅުން ސަރުކާރަށް ތުހުމަތު ކުރަމުން ގެންދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ރާއްޖޭގެ ދާހިލީ ކަންކަމާއި ބެހި ރާއްޖެ އަޅުވެތި ކުރުމަށް މަސައްކަތް ކުރަމުން ދާކަމުގައެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ. ސަރުކާރުގެ ފަރާތުން މައުލޫމާތު ދޭގޮތުގައި އިންޑިއާ ސިފައިން ރާއްޖެ އައިސް ތިބެނީ ދިވެހިންނަށް ތަމްރީނު ދިނުމަށާއި ދެގައުމު ގުޅިގެން ހިންގާ އޮޕަރޭޝަން ހިންގުމަށް ކަމަށާއި އެމަޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމުގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: