ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ސިޔާސީ ގޮތުން އެތައްބައެއްގެ ވަޒީފާ ގެއްލުވާލި: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ...
ޝެއާރކޮށްލާ ކަހަލަދޯ؟

ތާއީދު ކުރާ ފިކުރަކުން މިސަރުކާރުގެ ވަޒީފާ ނުގެއްލޭނެ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށާއި ނަމަވެސް އެތައް ބައެއްގެ ވަޒީފާ މި ސަރުކާރުން ގެއްލުވާލާފައިވާކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާާޅުވިއެވެ.

“ސަންގު” ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން ސިޔާސީ ގޮތުން އެކި މީހުންނަށް ޖެއްސުންކޮށް، އެ މީހުންގެ ވަޒީފާތަކަށް އަސަރު ކުރާފަދަ އަމަލުތައް ހިންގަމުން ދާކަމަށެވެ.

ނައިފަރުދާއިރާ އަށް އެކަނި ބެލިޔަސް އެކަން ހާމަވެގެންދާނެ ކަމުގައި ޝިޔާމް ވިދާޅުވިއެވެ. ރައީސް އަބްދުﷲ ޔާމީންގެ ފިކުރަށް ތާއީދު ކުރާ، އެމަނިކުފާނުގެ ސަޕޯޓަރުންގެ ވަޒީފާތައް ސަރުކާރުން ގެއްލުވާލާފައިވާކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ފިކުރަށް ތާއީދު ނުކުރާތީކަމަށް ބުނެ އެއްވެސް މީހަކު ނައިފަރުގެ ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމަށެވެ. އަދި ވިދާޅުވީ މިވެރިކަމުގައި ވަޒީފާ ގެއްލުނު އެންމެނަށް އެކުމުގެ ބަދަލު ރައީސް ޔާމީން ހޯދައިދެއްވާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރު ކައުންސިލް ތަކުގައި ތިބި ޕީޕީއެމަށް ނިސްބަތްވާ ކައުންސިލްތަކުގެ ރައީސުން ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލައިގައި ޝިޔާމް ވިދާޅުވީ މައި ސަރުކާރުން ދައްކަންޖެހޭ ސަރުކާރު އޮފީސްތަކުގެ ބިލު ދެއްކުމަކީ ރަށު ކައުންސިލްގެ ޒިންމާއަކަށް ހަދައި ކައުންސިލަށް ފައިސާ ނުދީ ތިން މަސް ދުވަސްކޮށް ކައުންސިލްތަކުގެ ރައީސުން އެ ތަންތަނުގެ ބިލް ނުދައްކާ ކަމަށް ބުނެ އެލްޖީއޭއިން ކައުންސިލްގެ ރައީސް ސަސްޕެންޑް ކުރަމުން ގެންދާ ކަމަށެވެ. ޝިޔާމް ވިދާޅުވީ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ފިނޭންސް މިނިސްޓްރީ ކަމަށެވެ.

ސަސްޕެންޑް ކުރި ކައުންސިލްތަކުގެ ރައީސުންގެ ތެރޭގައި ހއ އުތީމާއި، ށ. ބިލަތްފަހީ ކައުންސިލްގެ ރައީސް ހިމެނޭ ކަމުގައި ވެސް ޝިޔާމް ވިދާޅުވިއެވެ. އެބޭފުޅުން ސަސްޕެންޑް ކޮށްފައިވަނީ ތިންވަނަ ދައުރަކަށް ކުރިމަތިލާފައި ވަނިކޮށް އެބޭފުޅުންނަށް ރައްޔިތުންގެ ތާއީދުގެއްލުވާލުމުގެ ގޮތުންކަމަށް ޝިޔާމް ތުހުމަތު ކުރެއްވި އެވެ. ސަރުކާރުން އުނދަގޫތަކެއް ކުރި ނަމަވެސް އެބޭފުޅުން ކައުންސިލަށް އިންތިހާބުވީ ރައްޔިތުންނަށް އެއީ ނަޒާހަތްތެރި، އަނބުރާ މަގާމް ދޭން ޖެހޭ ބަޔަކަށް ވާތީކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެމްޑީޕީ އަކީ ލާމަރުކަޒީ ނިޒާމާއި އިންސާފުގެ ވާހަކަ ދައްކައިގެން ވެރިކަމަށް އައިސް އޮތް ޕާޓީ އެއް ކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ. ބާރާއި ނުފޫޒު ސަރުކާރުން ބޭނުން ކުރާކަމަށް ތުހުމަތުކޮށް، މިސާލެއްގެ ގޮތުގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވިކަމަށް ޝިޔާމް ވިދާޅުވި އެވެ. އެގޮތުން ކޮމަންޑޫ އިންތިހާބު ދުވަސްވަރުގައި ފެނަކަ ކުންފުނީގެ މާލޭގެ އޮޕަރޭޝަން ހެޑެއްގެ ގޮތުގައި މަސައްކަތް ކުރާ ބޭފުޅަކު ސީދާ ކޮމަންޑޫ ދާއިރާގެ ރަށްރަށަށް އަރައި އެ ދާއިރާގެ ފެނަކަ ސްޓާފުންނާއި ބައްދަލުކޮށް ވަޒީފާގެ ބިރުދައްކާފައިވާ ކަމުގައި ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ އެއީ ގާނޫނުން ލިބިދޭ ހައްގެއް ނިގުޅައިގަތުން ކަމަށެވެ.

އެކަމުގެ އޯޑިއޯ ހެކި އެބަހުރި ކަމަށާއި އެ އޯޑިއޯ ރައްޔިތުންގެ މަޖިލީހުގައި ޖެހުމަށް މަޖިލީހުގެ ގަވާއިދު ބުނާ ގޮތަށް މަޖިލިސްގެ ރިޔާސަތުގައި އެދުމުން ވެސް އެކަމުގެ ހުއްދަ ނުލިބުކަން ޝިޔާމް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ވަޒީފާގެ ބިރުދެއްކި މައްސަލަ ފުލުހަށް ހުށައަޅާފައި ވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ. މައްސަލަ ތަހުގީގު ކުރާނެ އޮފިސަރެއް ހަމަޖެހުނުކަމަށް އަންގައި މެސެޖެއް ލިބުނު ނަމަވެސް އެއްވެސް ކުރިއެރުމެއް ލިބިދާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލިސް މެމްބަރުން ވަޒީފާ ދިން ކަމަށާއި އެ އިންތިހާބުގައި މެމްބަރުން އުޅުއްވީ ވަޒީފާގެ ޗިޓު ކިހިލިފަތްދޮށަށް ޖަހައިގެން ވަޒީފާ ބަހަމުން ކަމަށެވެ. ހަމަ އެއާއެކު ބަޖެޓުގައި ނުހިމެނޭ އެތަކެއް ސަތޭކަ މިލިޔަން ރުފިޔާގެ ޕްރޮޖެކްޓްއެއް ކޮމަންޑޫ ދާއިރާގައި ފެށީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ނިމިދިޔަ ކޮމަންޑޫ ދާއިރާގެ އިންތިހާބަކީ ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގާދިޔަ އެންމެ ބޮޑު ނުފޫޒެއް ފޯރުވި އިންތިހާބު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: