ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯ އަލުން އަނބުރާ ކޮޅަށް ޖަހަން ކުރާ މަސައްކަތް ކާމިޔާބު: އަމްރު

ފެލިވަރު މަސް ފެކްޓްރީގައި ނޫސްވެރިންނަށް ބެއްވި ޓުއާގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މަސް ކުންފުނި މިފްކޯގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. މިފްކޯއަކީ އެސްޓީއޯއާއި ވަކިން ހިންގާ ކުންފުންޏެއްގެ ގޮތުގައި ހެދުން އެއީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މި އަހަރަށް މަޖިލީސް ހުޅުވައިދެއްވައި ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެސް ވިދާޅުވީ، އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، އަމިއްލަ ކުންފުންޏަކަށް މި އަހަރުގެ މެދުތެރޭގައި ބަދަލު ކުރެވޭނެ ކަމަށެވެ.

އަމްރު ވިދާޅުވީ، 2018 ގައި ވެރިކަމަށް އައި އިރު ވެސް ނިންމާފައިވާ އެ ނިންމުން ތަންފީޒު ކުރެވިފައި ނުވަނީ މިފްކޯގެ އެތެރެ ބޮއްސުންލާފައި އޮތުމުގެ ސަބަބުންކަމަށެވެ. އަމްރު ވިދާޅުވީ އެމްޑީޕީ ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު، މިފްކޯގެ މަސައްކަތްތައް އަލުން ފަށައި ކަންކަން އިސްލާހު ކުރިކަމަށެވެ. އަދި އެ ކުންފުނީގެ އައު މެނޭޖުމަންޓުން ރަނގަޅު މަސައްކަތްތަކެއްކޮށް، މަސް ކިރާ އިތުރު އުޅަނދުތަކެއް ގެނެފައިވާ ކަމަށެވެ.

“އަޅުގަނޑުމެން ހަވާލުވެފަ ބެލިއިރުގައި ވަރަށް ބޮޑަށް ކުންފުނި އޮތީ ބޮއްސުންލާފައި. ހަގީގަތުގައި ނެތް ހަމަ ކުންފުންޏެއް ގޮތުގައި އެއްގޮތަކަށް ވެސް ހިންގާފަކާ. ފައިސާގެ ބައިވަރު މައްސަލަތައް ހުރި. ޕްރޮޑަކްޝަންގައި އަޅާނުލައި ދިޔައީމަ ލިބޭ މަހުގެ އަދަދުވެސް މަދުވެގެން ދިޔަ. ޕްރޮސަސް ހަދާ މެޝިނަރީތައް ހަލާކުވެ ވަރަށް ދަށު ދަރަޖައިގަ މިފްކޯ އޮތީ ފެލިވަރު ވެސް ކޫއްޑޫ ވެސް. އެހެންވީމައި އަޅުގަނޑުމެން ޖެހުނީ އަލުން ބަލުން ހުރިހައި ކަމެއް ފަށަން. އެހެންވީމަ އަޅުގަނޑުމެންނަށް ވަގުތުކޮޅެއްނެގި މިފްކޯ އަނބުރާ އަލުން ކޮޅަށް ޖަހަން.” އަމްރު

އަމްރު ވިދާޅުވީ، ކުންފުނީގެ އިންޓާނަލް ޕްރޮސެސް ރަނގަޅުކުރުމުގެ ގޮތުން މަސް ކިރާ ބޯޓަކާއި، މަސް ބޭރުކުރަން ބޮޑު ބޯޓެއް ގަނެވިއްޖެކަމަށެވެ. އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި އަމްރު ފާހަގަކުރެއްވީ ތައިލެންޑަށް މަސް ގަނޑުކޮށް ވިއްކަން ޖެހުމެވެ. އެއީ ބަންދުކޮށްގެން މަސް ވިއްކާ ނިސްބަތް މަދުވުމުގެ ސަބަބުން ދިމާވި މައްސަލައެއްގެ ގޮތުގައި އަމްރު ވިދާޅުވި އެވެ. އަމްރު ވިދާޅުވީ މަސްވެރިންނަށް ލިބެންޖެހޭ ހަމަ އަގު ނުލިބުނު އެންމެ ބޮޑު ސަބަބަކީ މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް ވުރެ ވިއްކާ އަގު ދަށްވުން ކަމަށެވެ.

ރާއްޖޭގައި ޒަމާނުންސުރެ ގަނޑުކުރި މަސް ބޭރަށް އެކްސްޕޯޓު ކުރަމުންގެންދާތީ އެގޮތައް ކަންތައް ކުރުމުގެ ސަބަބުން ދެކޮޅު ނުޖެހޭކަމަށް އަމްރު ވިދާޅުވިއެވެ. ބޭނުންވަނީ ރާއްޖޭގައި ބާނާ ހުރިހައި މަހެއްވެސް ދަޅުގައި ނުވަތަ ޕެކެޓެއްގައި ބަންދުކޮށްފައި ބޭރުކުރެވޭނެ ގޮތެއް ހޯދުންކަމަށް އަމްރު ފާހަގަކުރެއްވިއެވެ. މަސްވެރިކަމަށް ބޮޑު އިންގިލާބީ ބަދަލެއް އައިސް އޭގެ ފައިދާ ފެލިވަރު އަދި ކޫއްޑޫ ބޮޑު ކުރުމުގެ މަޝްރޫއު ނިމުމާއި އެކުކަން އަމްރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެއަށް ފަހު ރާއްޖޭގައި ބާނާ ހުރިހައި މަހެއް ބޭރު ކުރާނީ މަސްތައް ރާއްޖޭގައި ޕްރޮސެސް ކުރެވިގެން ކަމަށެވެ.

“އަޅުގަނޑުމެން އުޅުނީ ފެލިވަރުގައި ކެޕޭސިޓީ ނެތީމަ ބޭރަށް ވެސް ގެންގޮސްގެން އަޅުގަނޑުމެންގެ ކޮންޓްރޯލްގައި ބާއްވައިގެން މަސް ދަޅުގައި ބަންދުކޮށްފައި ބޭރުކުރަން. ދެން އެ މަސައްކަތްތައް 2019 ވަނަ އަހަރު އަޅުގަނޑުމެންނަށް ގެންގޮސް ހަމަ 2020 ވަނަ އަހަރު އަންނަންވާއިރަށް ވަރަށް ބޮޑަށް ސެޓްއަޕް ހެދުނު. އެހެންނަމަވެސް ކޮވިޑުގެ ކަންތަކާއިއެކު އެކަން އޭރުގައި ކުރިއަށްދާ ގޮތް ނުވީ. 2021 ވަނަ އަހަރުގެ މެދުތެރެއިން ފަށައިގެން އެ މަސައްކަތް ކުރިއަށްގެންދަން އެބަ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހާރު އެ މަސައްކަތްވެސް ކޮންމެވެސް ވަރަކަށް ފެށިއްޖެ. އަގުވެސް ކޮންމެވެސް ވަރަކަށް ރަނގަޅު ކުރެވިއްޖެ އަޅުގަނޑުމެންނަށް ލިބޭ.” އަމްރު

މަސްވެރިކަމަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ، ދިވެހިރާއްޖޭގެ އިގްތިސާދުގެ އެއް މައި ނާރުކަމަށް ވާއިރު މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމުގައި މުހިންމު ކުންފުންޏެކެވެ. އެހެންކަމުން މިފްކޯ އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ހިންގުން ވާނީ ރާއްޖޭގެ އިގްތިސާދަށްވެސް އޭގެ އެދެވޭ އަސަރުކުރާނެކަމެއްގެ ގޮތުގައިކަމަށް އަމްރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: