ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުމް ތަންފީޒު ކުރުމަށްފަހު އަޑުބަރޭ މިނިވަންވެއްޖެ

ޔޫތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް އައްސަދު އަލީ (އަޑުބަރޭ): ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ފުރުމަށް ޖާމިނުވި މައްސަލައިގައި ކޯޓުގެ އެންގުމާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑެމުގެ ސަބަބުން ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ ކުރީގެ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) މިނިވަންވެއްޖެ އެވެ.

އަޑުބަރޭ މިނިވަންވެފައިވާ ކަން ކަރެކްޝަންސް ގެ ފަރާތުންވަނީ “ސަންގަށް” ކަށަވަރުކޮށްދީފައެވެ.

މައްސަލައާއި ގުޅިގެން އަޑުބަރޭ ޖަލަށްލާފައިވަނީ ފެބްރުއަރީ 19 ވަނަ ދުވަހު އޭނާ އަމިއްލައަށް ކަރެކްޝަންސް އާ ހަވާލުވުމުންނެވެ. އެ ދުވަހަށް ފަހު އަސްހަދު ދިޔައީ އޭނާގެ މައްޗަށް  އިއްވި ފަނަރަ ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ.

އަލީ ވަހީދުގެ މައްސަލައިގައި އަސްހަދުގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށް ސާބިތުވިއިރު އޭނާ ހުރީ އިނގިރޭސިވިލާތުގަ އެވެ.

އެ މައްސަލަ، އަސްހަދުގެ މައްޗަށް ސާބިތުވެ ކޯޓުން ހުކުމް އިއްވާފައިވަނީ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. ހުކުމްތަންފީޒު ކުރުމަށް އެނބުރި ރާއްޖެ އައިސްފައިވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

އަސްހަދުގެ މައްޗަށް ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކުރުމާއެކު އޭނާ ވަނީ ސްޓޭޓް މިނިސްޓަރުކަމުން ވަކިކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: