ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް 3 މަސްދުވަހުގެ ނޯޓިސްދެނީ

އިލެކްޝަންސް ކޮމިޝަން އީސީގެ ރައީސް ފުއާދު ތައުފީގު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މެންބަރުންގެ އަދަދު 3000 ވުރެ މަދު ސިޔާސީ ޕާޓީތަކަށް ނޯޓިސް ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން މެމްބަރުންގެ އަދަދު ހަމަ ކުރުމަށް އިލެކްޝަން ކޮމިޝަނުން ދީފައިވާ ލުއިތަކަށް މިހާރު މިމުން ގެނެސްފައިވާކަމަށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމާ ގުޅިގެން، ޤާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް ސިޔާސީ ޕާޓީތަކުގައި މެމްބަރުންގެ އަދަދު ހަމަނުވާ ޕާޓީތަކަށް 3 މަސްދުވަހުގެ ނޯޓިސްއެއް ދިނުމަށް ނިންމާފައިވާކަމަށް ހަބީބް ވިދާޅުވިއެވެ.

“ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމާ ގުޅިގެން، ސިޔާސީ ޕާޓީގެ މެންބަރުންގެ ޢަދަދު 3،000 ހަމަނުވާ، 4 ޕާޓީއަކަށް، ޤާނޫނުގައިވާ ގޮތުގެމަތިން، ތިން މަސްދުވަހުގެ ނޯޓިސް ދޭން އިލެކްޝަން ކޮމިޝަނުން ނިންމައިފި.” ހަބީބް ވިދާޅުވިއެެވެ.

ތިން ހާސް މެންބަރުން ނެތީ ޑީއާރުޕީ އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އާއި އެމްއާރްއެމް އަދި އެމްޓީޑީގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: