ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދުގެ ޝުކުރު އިންޑިއާއަށް: އިހުތިރާމާއި އެކު އިތުބާރު ކުރަން!

އައްޑޫގެ ޕޮލިސް އެކަޑަމީ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖެއާއި އިންޑިއާ ދެމެދުގެ ގުޅުމަކީ، ދެ ގައުމުގެ ރައްޔިތުން ވެސް އެކަމަކަށް އިހުތިރާމު ކުރާ އިތުބާރު ލިބިފައިވާ ގުޅުމެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ޕޮލިސް އެކަޑަމީ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ މިއަދު ފާހަގަ ކުރަމުން މިދަނީ ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ. މިއީ ގައުމަށްޓަކައި ހާސިލު ކުރެވުނު މުހިންމު ލަނޑުދަނޑިއެއްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ފުލުހުންގެ މުވައްސަސާ އިސްލާހުކޮށް ހަރުދަނާ ކުރުމަށް ޒާމާނުއްސުރެ ވަކާލާތު ކުރި ކަމަށެވެ. ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕްރިންސިޕަލް ޓްރެއިނިންގ އިންސްޓިޓިއުޓް ވެގެން ދާނީ ދިވެހި ދަރުކާރުން ފުލުހުންގެ ހިދުމަތަށް ދޭ އަހައްމިއްޔަތުކަމާއި ފުލުހުންގެ އޮފިސަރުން ހިދުމަތަށް ތައްޔާރަށް އޮތް މިންވަރާއި އަދި މުޖްތަމައުގެ ރައްކާތެރިކަން ދެމެހެއްޓުމުގެ ރަމްޒެއްގެ ގޮތުގައިކަމަށް ޝާހިދު ވިދާޅުވި އެވެ.

ޕޮލިސް އެކަޑަމީ ވެގެން ދާނީ ރައްޖެއާއި އެންމެ ގާތް އަވައްޓެރި އަދި އިތުބާރު ކުރެވޭ އިންޑިއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ އިމާރާތެެއްގެ ގޮތުގައިކަން ފާހަގަކޮށް އެކަމަށް ޝާހިދު ޝުކުރު އަދާ ކުރެއްވި އެވެ. މިއީ ވަރަށް މުހިންމު އަދި ކުރިޔަށް އޮތް އެތައް އަހަރު ދުވަހަކަށް ވާ ވަރުގަދަ “ޕާޓްނާޝިޕެއްގެ” ގޮތުގައި ޝާހިދު ސިފަ ކުރެއްވި އެވެ.

“މި ކޮލެޖް ވެގެންދާނީ، އަޅުގަނޑުމެންގެ އެންމެ ގާތް އަވަށްޓެރި އަދި ހާއްސަކޮށް އެންމެ އިތުބާރުކުރެވޭ ބައިވެރިޔާ، އިންޑިއާއެކު އޮތް ގާތް، ބަދަހި ރަޙްމަތްތެރި ކަމުގެ އިތުރު ރަމްޒަކަށް… މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، އަޅުގަނޑުމެންގެ 50 އަހަރުގެ ވަރުގަދަ ޕާޓްނަޝިޕްގެ ވަރަށް މުހިންމު ތާރީހީ ލަނޑުދަނޑިއެއް.” ޝާހިދު

އިންޑިއާގެ ހާރިޖީ ވަޒީރު މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައި ވާތީ އެކަމަށް ޝުކުރު އަދާކޮށް ޝާހިދު ވިދާޅުވީ ޑރ. ޖައި ޝަންކަރު އަކީ ސަރުކާރާއި ގާތް ގުޅުމެއް ބައްވާ، ދިވެހި މި ގައުމުގެ ވަރަށް ގާތް ރަނގަޅު ރަހުމަތްތެރިއެއް ކަމަށެވެ. އިންޑިއާ އާއި ރާއްޖޭގެ ގުޅުމެއް ބުރުލެއް އަންނާނެ އެއްވެސް ކަމެއް މެދުވެރި ނުވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުން ވެސް ހާމަވުމަކީ މި ދެ ގައުމުގެ ގުޅުމަށް ކުރާ އިހުތިރާމް ހާމަވާ ސަބަބެއްގެ ގޮތުގައި ޝާހިދު ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ވެސް ޝުކުރު އަދާކުރައްވައި ޝާހިދު ވިދާޅުވީ، މޯދީއަކީ ދިވެހި ގައުމު ބޭނުންވި ކޮންމެ ހާލެއްގައި އަދި ކޮންމެ ވަގުތެއްގައި ވެސް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދާއި ލަފާގެ ދަށުން މި ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ރަސްމިއްޔާތުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ ވާހަކަފުޅުން ވެސް ދެ ގައުމުގެ ގުޅުމާއި އުސޫލުތައް އަދި އެއްބައިވަންތަކަން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔަ ކަމަށެވެ. ހާއްސަކޮށް ދެ ގައުމުގެ ރައްޔިތުންގެ ކުރިއެރުމާއި ލާބައަށްޓަކައި ދެ ގައުމުގެ ސަރުކާރުން ވެސް ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެކަމަށާއި، މިއީ އިތުބާރާއި އިހުތިރާމު ކުރެވޭ ގުޅުމެއްކަމަށް ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ވެދިން އެހީތަކުގެ ތެރެއިން 1988 ވަނަ އަހަރު ކުލީ ސިފައިން ދިން ހަމަލާ އާއި 2004 ގެ ސުނާމީ ކާރިސާ އަދި 2014 ގެ ފެނުގެ ކާރިސާއިން އަރައިގަތުމަށް އިންޑިއާއިން ވެދިން އެހީއިން ވެސް އެނގިގެން ދަނީ ބޭނުން ޖެހޭ ކޮންމެ ވަގުތެއްގައި ތައްޔާރަށް ތިބޭނެކަން ކަމުގައި ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އިންޑިއާ އަކީ ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގައި ވެސް އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށެވެ. ކޮވިޑުގެ އެންމެ ދަތި އުނދަގޫ ވަގުތުގައި ވެސް އުމްރާނީ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދިއުމާއި ބަލިމަޑުކަމުން އަރައިގަތުމުގައި ވެސް އެކި ގޮތްގޮތުން ވި އެހީތަކަށް ޝާހިދު ޝުކުރު އަދާ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: