ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރަށް ވެންޓިލޭޓަރުގެ ހިޔާނާތް ވެސް ނުބެލުނު: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

އޮޑިޓަރ ޖެނެރަލްގެ އޮޑިޓް ރިޕޯޓަކުން ވެންޓިލޭޓަރުތަކުގެ  ބޮޑު ހިޔާނާތެއް ފަޅާއަރައިފިކަން ހާމަވެގެން ގޮސްފައިވާ ކަމަށް އެމްޑީޕީ ޗެއަރޕާސަން ކެންޑިޑޭޓް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ކޮވިޑު-19 ގެ ހާލަތުގެ ވޯސްޓް ކޭސް ސިނާރިއޯއަށް ރިއާޔަތްކޮށް ރާއްޖެއަށް ގެނައުމަށް ނިންމި ސިއްހީ ސާމާނުތަކުގެ ތެރެއިން ވެންޓިލޭޓަރަށް ވީނުވީއެއް އަދިވެސް ނޭނގެ އެވެ. މި ވެންޓިލޭޓަރުތަކަކީ 2020 ވަނަ އަހަރުގެ މޭއި މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެކަމަށް ބުނި ވެންޓިލޭޓަރުތަކެވެ. ކޮވިޑުގެ ދުވަސްވަރު ހެލްތް މިނިސްޓްރީން ކުރި މަސައްކަތްތަކުގެ ތަފްސީލުތައް ހިމެނޭހެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓުން ބޮޑެތި އޮޅުވާލުންތަކާއި، ކޮރަޕްޝަނަށް މަގުފައިވާ ގިނަ އަމަލުތައް ފެންމަތިކޮށްފައި ވެއެވެ.

އެއްބަސްވުމާއި އެއްގޮތަށް އެގްޒެކިއުޓާސް އިން ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަންޖެހޭއިރު އެވެންޓިލޭޓަރުތައް މިހާތަނަށްއައިއިރު ރާއްޖެ ގެނެވިފައި ނުވެއެވެ. މި މައްސަލައިގައި ހެލްތް މިނިސްޓަރަކަށް ހުންނެވި އަބްދު އަމީނަށް ދަައުވާކޮށްދެން އެދި ހުށަހެޅި މައްސަލަ ވެސް ކުރިޔަށް ނުދެ އެވެ. މައްސަލަ ކުރިޔަށް ނުދާތީ، ނޫސްވެރިންގެ ކަންބޮޑުވުންތައް އައި ނަމަވެސް ސަރުކާރުން ބުނަނީ މައްސަލަ ކުރިޔަށް ދާނެ ކަމަށެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި އެމްޑީޕީގެ މެމްބަރުންގެ ކަންބޮޑުވުންތައް ފާޅުކުރާއިރު، ކެމްޕެއިނަށް ވަޑައިގެން އިންތި ވިދާޅުވީ ކޮވިޑުގެ ވައްކަމުގެ ވާހަކަ ވެސް ދައްކަން ޖެހިފައި ވަނީ ވަކި ބައެއް ކަމަށާއި އިތުރު އެހެން ބަޔަކު ވާހަކަ ދައްކާތަން ނުފެންނަ ކަމަށެވެ.

އިންތި ވިދާޅުވީ ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން ހިނގައިދިޔައީ ބޮޑު ހިޔާނާތެއްކަމަށާއި މިއަދާއި ހަމައަށް ވެސް ފައިސާއަށް ވެސް ވީނުވީއެއް ނޭނގޭ ކަމަށެވެ. ކޮވިޑުގެ ތެރޭގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ނަމުގައި ރައްޔިތުންގެ ފައިސާއިން އެތައް ވައްކަމެއް ކުރިއިރު އެ މައްސަލަ ނުބެލޭ ސަބަބާއި މެދު އިންތި ސުވާލު އުފެއްދި އެވެ.

އިންތި ވިދާޅުވީ އެމްޑީޕީ އުފެދި މިއަދާ ހިސާބަށް އައި އިރުގައި އެޕާޓީ އަކީ ވައްކަން ވަރިހަމަ ޕާޓީއަކަށް ވެ އެ ބަދުނާމު އެޅެން ވެއްޖެ ނަމަ ޕާޓީއާ މެދު ރައްޔިތުން ކުރަމުން ދިޔަ އުއްމީދު ފަނޑުވެގެން ދިޔައީ ކަމަށެވެ. އިންތި ވިދާޅުވީ އެފުރުސަތު ދެވިގެން ނުވާނެ ކަމަށާއި އެފުރުސަތު ނުދިނުމަށްޓަކައި އިންތި ޕާޓީގެ ޗެއަރޕާސަންކަމާއި ހަވާލުވާން އަންނަކަމުގައެެވެ.

އެމްޑީޕީއަށް ސަތާރަ އަހަރުވާއިރު ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި އެކިއެކި މުވައްސަސާތަކުން ނާއި ސަރުކާރުގެ އެކި ކުންފުނިތަކުންނާއި ސަރުކާރުގެ ބައެއް ވަޒީރުން ބޭނުންވާ ކެންޑިޑޭޓުންނަށް ހެސްކިޔާފަ ކެމްޕޭން ކުރުމަށްފަހު، ދަށުގައި ތިބޭ މީހުންނަށް އެކަން މަނާ ކުރާ ގޮތަށް ވާހަކަ ދައްކައި އެމިސްރާބުން ޕާޓީ ގެންދާނެ ކަމަށް ހިތަށް އަރާނީ ކާކުތޯ ވިދާޅުވެ އިންތި ވަނީ ސުވާލުކުރައްވާފައެވެ.

އިންތި ވިދާޅުވީ ވަޒީފާގެ ބިރު ދައްކާ ބަޔަކަށް އެމްޑީޕީ ވެދާނެ ކަމަށް ހިތަށް އަރާނީ ކާކު ކަމަށްތޯއެވެ.

މިވެރިކަމަކީ ވަޒީފާގެ ބިރު ދައްކާނެ ކަމަށް ހީކުރާނީ ކާކުތޯ ކަމަށް އިންތި ވިދާޅުވިއެވެ.

ވިޔަފާރިވެރިން ފިއްތާލާފައި އިންތިހާބުތަކާއި ދިމާކޮށް ތިމާމެންނަށް ތާއީދު ކުރުމުން އެފިއްތުންތައް ދޫކޮށްލާ ޕާޓީ އެއް ކަމަށް ޕާޓީ އުފެދި ސަތާރަ އަހަރުވެފައިވާއިރު ވެދާނެ ކަމަށް މީގެ ކުރީގައި ހިތަށް އަރާނީ ކާކުތޯ އިންތި ވަނީ ސުވާލު ކުރައްވާފައެވެ.

އެސް އެމްއީ ލޯނަކަށް ނުވަތަ ކޯޓާ އަަކަށް އެދުމަށްފަހު ހަނު ހުންނަން ޖެހޭނެ ކަމަށް ހިތަށް އަރާނީ ކާކުތޯ ކަމުގައި އިންތި ވިދާޅުވިއެވެ. އެމީހަކު ތާއީދު ކުރާ މީހަކަށް ތާއީދު ކުރާ ވާހަކަ ބުނަން ބިރުގަންނަ ހާލަތަށް ގެންގޮސް އެހާލަތުގައި ބާއްވައި އެމިސްރާބަށް ގެންދާ ޕާޓީ އަކަށް ވެ ވަކި މީހަކަށް ތާއީދު ކުރުމުން އެމީހަކީ ޟަމީރުގެ ގައިދީންނަށް ހަދާފާނެ ކަމުގައި ގަބޫލު ކުރާނީ ކާކުތޯ ކަމުގައި އިންތި ވަނީ ސުވާލުކުރައްވާފައެވެ.

އިންތި ވިދާޅުވީ އެގޮތަށް ވެގެން ނުވާނެ ކަމަށާއި ކޮންމެ ގޮތެއް ވަރިހަމަ ވެެގެން ނުވާނެ ކަމަށާއި އެމްޑީޕީގެ ޗެއަރޕާސަން ކަމާއި ހަވާލްވުމަށް ފަހު އެޖާގަ ނުދޭނެ ކަމުގައި އިންތި ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަ ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.

ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް އެމްޑީޕީ އިން ކަނޑައަޅާފައިވަނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހިމެނެނީ ޗެއަރޕާސަން އިންތިހާބާއި އަންހެނުންގެ ރޫހުގެ އިންތިހާބު ގެ އިތުރުން ޒުވާނުންގެ ހިތްވަރުގެ އިންތިހާބެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: