ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ ފަސްހާސް މެމްބަރުން ވަނީ އެހެން ޕާޓީތަކަށް ވަގަށް ގެންގޮސްފައި: ޕީޕީއެމް

ޕީޕީއެމް އިން ކުރިއަށް ގެނދިޔަ އިހުތިޖާޖެއްގެ ތެރެއިން/ ފޮޓޯ:- ދަޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމްގެ ފަސްހާސް މެމްބަރުން ވަނީ އެހެން ޕާޓީތަކަށް ވަގަށް ގެންގޮސްފައި ކަމަށް އެޕާޓީން ބުނެފިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ތަލާލް ވިދާޅުވީ އެ މެމްބަރުން އެހެން ޕާޓީތަކަށް ގެންގޮސްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ކަމަށެވެ. މި މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބައްލަވައި އެކަން ކުރި ޕާޓީތައް ޖޫރިމަނާކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

“2021 ވަނަ ހަރުގެ އޮކްޓޯބަރ އިން ފެށިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ފަސްހާސް ވަރު މެމްބަރުން ވަނީ އެހެން ޕާޓީތަކަށް ވަގަށް ގެންގޮސްފައި. މި މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބައްލަވައި އެކަންކުރި ޕާޓީތައް ޖުރިމަނާކޮށް ފިޔަވަޅު އަޅައި އަދި އެ މެމްނަރުން ޕީޕީއެމަށް އަލުން ވައްދަންޖެހޭ،” ތޮލާލް ވިދާޅުވިއެވެ.

ޕާޓީތަކުގައި ތިބޭ މެމްބަރުން އެހެން ޕާޓީތަކަށް ގެންދާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އެމްއާރުއެމްގެ ބައެއް މެމްބަރުން ވެސް ބައެއް ޕާޓީތަކަށް ގެންގޮސްފައިވާ ކަމުގެ ޝަކުވާ އެޕާޓީން ވެސްވަނީ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: