ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިމާރާތް ބިނާކުރުމުގެ މަސައްކަތް ފެށުމާއި ގާތަށް!

އެންވާރޮމެންޓް މިނިސްޓަރ އައިމިނަތް ޝައުނާ: ފޮޓޯ/ ސޯށަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓާރ މާލެ އެންވަޔަރަމެންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢގެ ދަށުން މާލޭގައި، ވޭސްޓް ޓްރާންސްފާރ ސްޓޭށަން ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ވަޑައިގެން މިނިސްޓަރ އައިމިނަތް ޝައުނާ، އެތަން ބައްލަވާ މަސައްކަތްތައް ހިިންގަން ހަމަޖެހިފައިވާ ގޮތުގެ ތަފްސީލްތައް އޮޅުން ފިލުއްވައިފިއެވެ.

މިިނިސްޓްރީ އޮފް އެންވަޔަރަމެންޓުން ޗައިނާ ކުންފުންޔަކާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫގެ ދަށުން މާލެ ސަރަހައްދުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ވޭސްޓް ޓްރާންސްފާ ސްޓޭށަން ހުންނަ ސަރަހައްދު ސާފުކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ނިމިފައިއެވެ. އަދި އަވަސް މުސްތަގްބަލެއްގައި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައިއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނެޖުކުރުމަށް ބިނާކުރަބް ހަމަޖެހިފައިވާ މި ސްޓޭޝަންތަކުގައި، ތިލަފުއްޓަށް ގެންދިއުމުގެ ކުރިން އެކި ޒާތުގެ ކުނި ވަކި ކުރެވި އެބާވަތަކަށް ހާއްސަ ކުރެވިފައިވާ ކޮންޓެއިނަރުތަކުގައި ބަންދުކުރެވިގެންދާއެވެ. މިކަމުގެ ސަބަބުން ހާމަކޮށް ކުނިބެހެއްޓުމުގެ ސަބަބުން ދިމާވާ އެކި އުނދަގޫތަކަށް ހައްލު ލިބިގެންދާނެއެވެ އަދި މީގެ އިތުރުން ތިލަފުށްޓަށް ކުނި ގެންދިއުމުގެ ތެރޭގައި މޫދަށް ކުނިއެޅުމުގެ މައްސަލައަށްވެސް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން ޓްރާންސްފާ ސްޓޭށަން ތަކުން ކުނިގެންދާއިރު ވަކިކުރެވިފައި ހުރުމުގެ ސަބަބުން ތިލަފުށީގައި ކުނި ބަލައިގަންނަން ހަމަޖެހިފައިވާ ސަރަހައްދުގައި ބަހައްޓަން ޖެހޭ ވަގުތު ކުރުވެ، ނައްތާލުމަށްޓަކައި ކުރިއަށްގެންދާނެ “ބޭލިނގް ޕްރޮސެސް” އާއި ހަމައަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތަށް ލުއިލިބި، ނައްތާލުމާއި ހަމަހަށް ވާސިލުވުން ވެސްް އަވަސްވެގެން ދާނެ އެވެ.

ތިލަފުށީގައި ކުދިކުރުމަށްފަހު ކުނި ބެެހެށްޓިފައި ހުންނާނީ ތިމާވެށްޓަށް ރައްކާތެރި ޕްލާސްޓިކް ފިލްމަކުން ހެދިފައިވާ ބޭލްތަކެއްގައިއެވެ. އަދި މިމަޝްރޫޢގެ ދެވަނަފިޔަވަހީގެއިވާ ކުނި އެންދުމަށް ގާއިމް ކުރާ އިންސިނަރޭޓަރ ނިޒާމގެ އެހީގައި ދުމުގެ އަސަރު ކުޑަ ގޮތަކަށް މިފަދައިން އުފައްދާ ބޭލްތައް ނައްތާލެވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: