ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީ ޖަލަށް 50 ގޮޅި އިތުރު ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. މާފުށީ ޖަލުގެ ޖާގަ ބޮޑުކުރަން ނިންމައި އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ހޯމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ މާފުށީ ޖަލަށް 50 ގޮޅީގެ އެއް ޔުނިޓު އިތުރުކުރުމަށް ހަމަޖެހިފައިވާތީ މި ޔުނިޓުގެ ކޮންސެޕްޓް ޑިޒައިން އާއި ޑީޓެއިލް ޑްރޯވިންގް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.

އެހެންވެ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ޝައުގުވެރިވާ ފަރާތްތަކުން ބުދަ ދުވަހު މެންދުރު 12:00 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހެ އެވެ. މި އީމެއިލް procurement@homeaffairs.gov.mv މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެ އެވެ.

މާފުށީ ޖަލުގެ ޖާގަ ބޮޑުކުރަން ނިންމި އިރު މި ވަގުތު ބަންދުކުރެވޭ މީހުންގެ ޖަލުގެ ގޮތުގައި ބޭނުން ކުރަނީ އެ ޖަލުގެ އިތުރުން މާލޭ ޖަލާއި ހުޅުމާލެ ޖަލާއި ހިންމަފުށީ ޖަލެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: