ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ މަޖިލީހުން ގޮތް ނިންމައިފި، ޒުއާބުކުރުމުގެ ބޭނުމެއް ނެތް: ފައްޔާޒު

ހިންގާލަން ކެމްޕެއިނަށް ފަހު ފައްޔާޒް މާލެ ވަޑައިގެން ބޭއްވި ހަރަކާތެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ގައުމީ މަޖިލީސް ވަޓްސްއެޕް ގްރޫޕުގައި ކެމްޕެއިންއާއި ގުޅިގެން “ބޭކާރު”، “ޒާތީ” ޒުވާބުތައް ހިންގުމުގެ ބޭނުމެއްނެތް ކަމަށާއި އެ ގުރޫޕުގައި ތިއްބަވާ އެންމެހާ ބޭފުޅުންވެސްވަނީ ގޮތް ނިންމާވާފައިކަމަށް، ކުރިއަށް ޗެއަރޕާސަންގެ މަގާމަށް ވާދަކުރަށްވާ ކެންޑިޑޭޓެއްކަމަށްވާ، އިގްތިސޯދީ މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓަސްއަޕް ގުރޫޕުގައި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ރައްދުކޮށް ބަސްތައް ވިދާޅުވަމުން ގެންދަވާތީ ފައްޔާޒު ވިދާޅުވީ، އެތާންގައި ދެކެވޭ ވާހަކަތަކަކުން ވޯޓަށް އަންނާނެ ތަފާތެއް ނެތްކަމަށެވެ، އަދި ހޫނު ޒުވާބުތަކެއް އެގުރޫޕުގައި ކުރެވިގެންދިއުމުގެ ބޭނުމަކީ ކޮބައިތޯ ވިދާޅުވެ ފައްޔާޒު ވަނީ ސުވާލުކުރަށްވާފައިއެވެ.

ވަޓަސްއަޕް ގުރޫޕުގައި ބޮޑެތި ޒުވާބުތައް ކުރަމުންދާއިރު އެމްޑީޕީގެ “ލީޑާޝިޕްއިން އިން ލީޑާޝިޕް” ދައްކަ ޒުވާބުތައް ހުއްޓުވަން އެއްޗެއް ދަންނަވާނެ ކަމަށް އުއްމީދުކުރެއްވި ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ  ޗެއަރޕާސަންގެ މަގާމާށް ވާދަކުރަށްވާ ކެންޑީޑޭޓެއްގެ ހައިސިއްޔަތުން، ކެމްޕެއިންގެ ކަންކަން އެގުރޫޕުން ބޭރުގައި ހިންގުމަށް އެދޭކަމަށެވެ. އަދި މިހާރަކަށްކަށްއައިސް ބަދަލުކުރެވެމުންދާ ބަހުގެ ހަމަލާތަކަކީ ބުއްދިވެރިކަމެއްގެ ގޮތުގައި ފެނިވަޑައިނުގަންނަވާކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން ފައްޔާޒު ވިދާޅުވެފައި ވަނީ ރަހިމުގެ ގުޅުމާއި އެއްފަދަ ނޫންނަމަވެސް، ކުރިއަށް އޮތް ކެމްޕައިން ފަދަ “ސިމްޕަލް” ކަމެއްގައި އެމްޑީޕީގެ މެމްބަރުންގެތެރޭ އޮންނަ ގާތް ގުޅުން ކެނޑިދިއުމަށް ފުރުސަތުދީގެން ނުވާނެކަމަށެވެ.

“ވޯޓު އިތުރުވެ ނުވަތަ ގެއްލެނީކީނޫން، ބުއްދިވެރިކަމަކަށް ނުފެނޭ، ރަހިމުގެ ގުޅުން ފަދަ ގުޅުމެއްގެ ގޮތުގައި ނޫންނަމަވެސް ގައުމީ މަޖިލީހުގެ ގުޅުން، އެހާ ބޮޑަށް މިކަހަަލަ ސިމްޕަލް ކެމްޕޭންއަކާއިހެދި ކަނޑާލަންނުވާނެ”

ފައްޔާޒު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބައި ގުޅިގެން އުފެދިފައިވާ ބައިބައިވުމާއި ކޯޅުންގަނޑު ކެކި މެމްބަރުންގެ ތެރޭގައި ރައްދުކުރަމުންދާ ބަހުގެ ހަމަލާތަކުތެރޭ ރާބުއިމާއި ޒިނޭކުރުންފަދަ ބޮޑެތި ކުއްތަކުގެ ތުހުމަތުތައްކުރެވިފައިވާ ދަނޑިވަޅެއްގައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: