ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފަތުން ރަމްޒު ކޮށްދެނީ ތިރީސް އަހަރުގެ ހުދު މުހްތާރު ވެރިކަން ވައްޓާލުމަށް ކުރެވުނު މަސައްކަތް: މުހައްމަދު ރަޝީދު

މައްޗަންގޮޅި އުތުރުދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަތުން ރަމްޒު ކޮށްދެނީ ތިރީސް އަހަރުގެ ހުދު މުހްތާރު ވެރިކަން ވައްޓާލުމަށް ކުރެވުނު މަސައްކަތް ކަމުގައި  މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.

ބޯދިގު ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން ޕާޓީ ތެރޭގައި ބައެއް މީހުން  ވަކި މީހަކު ދެކެ ހިތްހަމަ ނުޖެހިގެން ޕާޓީ ހިންގަން ވެއްޖެ ނޫންހޭ  ބުނި ކަމަށެވެ.

ބޯދިގު އެވިދާޅުވާ ވަކިމީހަކީ ބެލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެވާހަކަ އަކީ އާދައިގެ ވާހަކައެއް ކަމުގައި ހީވި ނަމަވެސް އެއީ ވަރަށް ބޮޑު ވާޙަކަ އެއް ކަމުގައި ބޯދިގު ވިދާޅުވިއެވެ.

ބޯދިގު ވިދާޅުވީ އެދުވަހު މަގުމައްޗަށް ނިކުތުމުން ގައިގައި ތެޅުމަށް ސްޓާ ފޯސްގައި ހިމެނުނު ބައެއް ބޭފުޅުން، މިއަދު ތިއްބެވީ އެމްޑީޕީގެ ފަރާތުން އިންތިހާބު ކުރެވުނު ދާއިރާގެ ރައީސް ކަމުގައެވެ.

ބޯދިގު ވިދާޅުވީ  ސިިޔާސީ މައިދާނުގައި  ހަމަހަމަކަމާ އެކު ހުރިހާ އެންމެންނާއި އެކު އެންމެން ވެސް ގޮވައިގެން އުޅެން ދަސްކޮށްދިނީ އެމްޑީޕީ އިން ކަމުގައެވެ.

ހަމަހަމަކާއި އެކުވެރިކަން އާލާ ކޮށްދޭން އެންމެނަށް ދަސްކޮށްދިން ލީޑަރު ކަމުގައިވާ ރައީސް ނަޝީދާ އެކު ނިކުމެ ތަން ތިރީސް އަހަރުގެ ވެރިކަން ވައްޓާލި ކަމުގައި ބޯދިގު ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ ކައިރިއަށް ގޮސް ރައްޔިތުންނަށް ވީ ވައުދު ފުއްދުމުގައި ތިން އަހަރު ވޭތުވިތަން އިދިކޮޅަށް ބަލަން ކެތް ނުކުރެވިގެން ބަޣާވާތް ކޮށް ވެރިކަން ވައްޓާލީ ކަމުގައި ބޯދިގު ވިދާޅުވިއެވެ.

ވެރިކަން ބަޣާވާތަކުން ވެއްޓުނު ނަމަވެސް އެންމެ ތަންކޮޅެއް ވެސް ފަހަތަށް ޖެހިނުލާ އަނެއްކާވެސް ނުކުމެވުނީ އާންމު މެމްބަރުންގެ ހިތްވަރުން ކަމުގައި ބޯދިގު ވިދާޅުވިއެވެ.

ބަޣާވާތަށް ފަހު  ހަތް އަހަރު ވަންދެން އެމްޑީޕީގެ ލީޑަރޝިޕް އާއި އާންމު މެމްބަރުން މަގުމައްޗަށް ނިކުމެ ކުރި މުޒާހަރާތައް ކުރީ ނުހިންގިގެން ނޫން ކަމުގައި ބޯދިގު ވިދާޅުވިއެވެ،

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ވާދަވެރި ކެންޑިޑޭޓް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ޓީމުން ބުނަމުންދަނީ އެމްޑީޕީ އޮތީ ނުހިނގާ ކަމަށާއި ޕާޓީ ހިންގާލަން ޖެހޭ ކަމަށެވެ.

އެކަމަށް ރައްދުދެއްވައި ބޯދިގު ވިދާޅުވީ އެމްޑީޕީ އޮތީ ހިނގާފައި ކަމަށާއި ނުހިނގާ އެއްކަމެއްވެސް ނުހުންނާނެ ކަމަށެވެ. ބޯދިގު ވަނީ  އެމްޑީޕީ ހިނގާފައިވާތީ ވޭތުވެދިޔަ ފަސް އަހަރު ޕާޓީގެ ޗެއަރޕާސަން ކަން ކުރެއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށް ޝުކުރު ދަންނަވާފައެވެ.

އެމްޑީޕީ ފާއިތުވެދިޔަ ފަސްއަހަރުތެރޭ ބޭއްވުނު ހުރިހާ އިންތިހާބެއް ކާމިޔާބު ކުރެވުނީ ހަސަން ލަތީފް ގެ ޗެއަރޕާސަން ކަމުގައި ކުރެއްވި ބުރަމަސައްކަތާ އެކު ކަމުގައި ބޯދިގު ވިދާޅުވިއެވެ.

ބޯދިގު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ސަރުކާރުން ކޮށްދިންކަމެއް ނެތް ކަމުގައި ބުނަމުންދާ ކަމަށާއި ބޯދިގު ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާ ކަމަށް ވާ މައްޗަންގޮޅި އުތުރަށް ވެސް އެއްވެސް ކަމެއް މިސަރުކާރުން ކޮށްދީފައި ނުވާ ކަމަށެވެ. އެކަމަކީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ މައްސަލަ އެއް ނޫން ކަމަށާއި އެކަމަކީ ކެބިނެޓްގައި ތިއްބެވި ބައެއްގެ އަމިއްލަ އެދުން އޮވެގެން އެމީހުންނަށް ނުހިންގިގެން ވާކަންތައްތައް ކަމުގައި ބޯދިގު ވިދާޅުވިއެވެ.

ބޯދިގު ވިދާޅުވީ ފުރަތަމަ ކަމަކީ ކެބިނެޓް ހިންގުން ކަމަށާއި ކެބިނެޓް ހިންގުމަށް ފަހު ތިލަފަތް ހިންގަން އައުމަށް ގޮވާލެއްވިއެވެ.

ބޯދިގު ވަނީީ ތިލަފަތް ނުހިނގާ އޮތް އެންމެ ތަނެެއް ވެސް އޮތްނަމަ އެތަނެއް ދެއްކުމަށް  އެދި ވަޑައިގެންފައެވެ. އެހެން ކަމުގައިވާނަމަ އެމްޑީޕީ އަކީ ނުހިގާ ޕާޓީ އެކޭ ބުނަން މައްސަލައެއް ނެތް ކަމުގައި ބޯދިގު ވިދާޅުވިއެވެ.

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: