ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓަކުން މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފި

ހިޔާ ފްލެޓު ސަރަހައްދު/ ފޮޓޯ- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ހިޔާ ފްލެޓެއް ބަލާ ފާސްކޮށް ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.

މިމައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ 19 އަހަރާއި 26 އަހަރާއި ދެމެދުގެ ދިވެހި ފިރިހެނުންނެވެ. ހިޔާ ފްލެޓްގެ 8 ވަނަ ޓަވަރުގައި ހުރި ފްލެޓެއް، ފުލުހުން ބަލާފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ މީހުންގެ މައްޗަށް ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އެ ތަކެތިން ވިޔަފާރިކުރާ ކަމުގެ ތުހުމަތެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ފަސް މީހުންގެ މައްޗަށް 15 ދުވަހުގެ ބަންދެއް ޖަހާފައެވެ.

ފުލުހުން ކޯޓަށް ހުށަހެޅި ހެކީގައި ބުނެފައިވަނީ އެ ފްލެޓުން 50،300ރ އާ އެކު މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ބައެއް އާލާތްތައްވެސް ފެނިފައިވާ ކަމަށާއި، އެ ތަނުގެ ސިޓިންރޫމްގައި ހުރި ޓީވީ ރެކުގެ ދަމާ ވަތްގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ބަންދުކޮށްފައިވާ ހަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: