ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރަ ބޮޑުވުމުން ރަށްރަށަށް ޕްރިންސިޕަލުންނާއި ޓީޗަރުން ހޯދުމަށް އިތުރު ބާރެއް ލިބޭނެ: ރައީސް

ޓީޗަރުންގެ ދުވަހު އިސްކަންދަރު ސްކޫލުގައި ބޭއްވި ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލަކީ ރަށްރަށުގައި މަސައްކަތްކުރަންދާ ޓީޗަރުންނަށް އަދި ޕްރިންސިޕަލުންނަށްވެސް ލިބޭނެ އިތުރު ބާރަކަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސްގެ ރިޔާސީ ވައުދެއްކަމުގައިވާއިރު ވެރިކަން ނިމުމަކާއި ގާތްވެފައިވަނިކޮށް މިއަދު ވަނީ ޓީޗަރުންގެ އިތުރަށް ތައުލީމީ ދާއިރާގެ އެހެން ފަރާތްތަކުގެވެސް މުސާރަ ބޮޑުކުރައްވާ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވާ އުޖޫރަ އާންމު ކުރައްވާފައެވެ. އަދ އެމަނިކުފާނު ވިދާޅުވީ މިއީ ޓީޗަރުންގެ މަސައްކަތާއި ބައްދަލު ރަނގަޅު މުސާރައެއްކަމުގައި ގަބޫލުކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ޓީޗަރުންގެ މުސާރައަށް 56 އިންސައްތައިގެ ކުރިއެރުމެއް އަންނާނެ ކަމަށް ރައީސް ވަނީ މީގެ ކުރީގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ޓީޗަރުންގެ މުސާރަ ބޮޑުކުރެވިފައިވާކަން އިއުލާނުކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ލިބެން ނެތުން ކަމުގައެވެ.

ނަމަވެސް މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަކީ ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި، ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފަދަ ބަދަލުތަކަކީ ހަމައެކަނި ވަކި ދާއިރާއަކަށް ގެންނަ ބަދަލުތަކެއް ނޫން ކަމަށާއި، މި މަސައްކަތަކީ މުޅި ރާއްޖޭގެ ތަރައްގީއަށް، އަދި ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ގައުމު ކުރިއެރުވުމުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ފަށާފައިވާ މަސަައްކަތެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: