ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

ރައީސް ޔާމީނަށް އިންޒާރުދީފައި ވަނީ ހުސައިން ސައީދު ނަމަކަށް ކިޔާ މީހެކެވެ. އެއީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީއަށް ނިސްބަތްވާ މެންބަރެއް ކަމަށް ވެއެވެ.

އޭނާ ވަނީ އެއީ “މޯލްޑިވްސް ޔޫތު ފޯސް” ކަމަށާއި އެ ޓީމުން ނިކުންނަނީ ޔާމީން “ސައިޒް” ކުރަން ކަމަށެވެ. އަދި ވަކި ގައުމެއްގެ ދަށުވެފައި ރާއްޖޭގެ ދިފާއީ ބާރު އޮތް ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށާއި ޔާމީން މަސައްކަތް ކުރައްވަނީ ރާއްޖެ އިނދަ ޖައްސާލަން ކަމަށްވެސް ބުނެފައިވެ އެވެ.

އެކަމާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ރޭ ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި ރަސްމީކޮށް އެކަން ބަލައިދިނުމަށް މިހާރު އެދިފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: