ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިސްޕީޑް ފެރީގެ ހިދުމަތް ހދ. އަތޮޅުގައި ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

“އިންޓަގްރޭޓަޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” ނުވަތަ ހައިސްޕީޑް ފެރީގެ ހިދުމަތް ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ޒޯންގެ އަތޮޅުތަކުގެ ތެރެއިން ހދ. އަތޮޅުގައި މިއަދު ދަތުރުތައް ފަށައިފިއެވެ.

ޒޯން 1ގެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ، ހދ، އަދި ށ. އަތޮޅެވެ. އެމްޓީސީސީން ބުނީ މިއަދު މެންދުރުފަހުން ފެށީގެން ހދ އަތޮޅުގެ 13 ރަށެއް ހިމެނޭހެން 5 ރޫޓެއްގެ ދަތުރުތައް ފަށާނެ ކަމަށެވެ. ދަތުރުތައް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ހިދުމަތަށް ބޭނުންކުރާ 4 ފެރީވެސް މިހާރު ވަނީ އެ އަތޮޅުގައި ބަނދަރުކޮށްފައެވެ.

މިއީ އާ ހިދުމަތަކަށް ވުމުން ރައްޔޮތުން މިކަމަށް އަހުލުވެރިވުމަކީ މުހިންމު ކަމެއް ކަމަށް ސަރުކާރުންނާއި އެ ކުންފުނިްވެސް ދެކޭ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މި ހިދުމަތް ފަށަނީ އީދާ ދިމާކޮށް ކަމަށް ވާތީ، މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހދ. އަތޮޅުގައި ކުރެވޭ ދަތުރުތައް ފޯރުކޮށްދޭނީ މުޅިން ހިިލޭ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

ނަމަވެސް މި ދުވަސްވަރު ހިލޭ ހިދުމަތް ފޯރުކޮށްދޭނީ ހަމައެކަނި ހދ. އަތޮލުގެ ރަށު ކައުންސިލުތައް މެދުވެރިކޮށް ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މި މަހުގެ 11 އިން ފެށިގެން ފެރީ ހިދުމަތަށް ކަނޑައަޅާފައިވާ ރޭޓުން ފައިސާ ނަގަން ފަށާނެ ކަމަށާއި ފައިސާ ނަގަން ފެށުމާއެކު ކައުންސިލު މެދުވެރިކޮށް ޖާގަ ހޯދުން ހުއްޓާލާނެ ކަމަށް ބުންޏެވެ.

އެޔަށް ފަހު ޓިކެޓު ނަގަން ޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިތް ނުވަތަ މޯބައިލް އެޕްލިކޭޝަނެވެ. އެގޮތުން mv.rtl.app://https ނުވަތަ https://rtl.mv މެދުވެރިކޮށް ޓިކެޓު ނެގޭނެއެވެ. އެމްޓީސީސީން ބުނީ އެ އެޕްލިކޭޝަން އަދި ވެބްސައިޓަށް އަހުލުވެރިވުމުން އެ ހިދުމަތް ހޯދަން ފަސޭހަވެގެންދާނެ ކަމަށެވެ.

އާރްޓީއެލްގެ ހިިދުމަތަށް ބޭނުންކުރާ ފެރީތައް ތައްޔާރުކޮށްފައި ވަނީ 50 މީހުންގެ ޖާގަ ހިމޭނޭ ގޮތަށެވެ. އަދި މިފެރީތަކުގެ ހިދުމަތް މިހާރު ހިދުމަތް ފޯރުކޮށްދޭ ފެރީތަކަށްވުރެ އަވަސް ވާނެ ކަމަށް އެމްޓީސީސީން ބުންްޏެވެ. ދަތުރުވެރިންނަށް ހިތްފަސޭހަވާނެ ގޮތަށް ފަރުމާކޮށްފައިވާ އެ ފެރީތައް ހުންނަނީ އެއާކޯން ކޮށްފައެވެ. އަދި ފެރީތަކުގެ ސީޓުތަކާއި ފަސިންޖަރުންގެ ކެބިން ފަރުމާކޮށްފައި ހުންނާނީ ދަތުރުތަކަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށް ބުންޏެވެ.

ފެރީތަކުގެ ކޮންމެ ސީޓެއްގައި ފޯނު ޗާޖު ކުރުމަށް އޫއެސްބީ އައުޓްލެޓް ހަރުކޮށްފައި ހުންނައިރު، ފާހާނާއާއި ލަގެޖް ބަހައްޓާ ޖާގަ ހާއްސަކޮށްފައި ހުރެއެވެ. އެމްޓީސީސީން ބުނީ ފެރީގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް އެއް ލަގެޖުގެ އިތުރުން ކެރީއޮން ލަގެެޖެއް ގެންދެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: