ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ޗެއާޕާސަން އިންތިހާބަށް ޖޭޕީގެ އެއްވެސް ޝައުގެއް ނެތް: އިލްހާމް

ޖޭޕީގެ ލީޑަރ ގާސިމްގެ އެޑުވައިޒަރު އިލްހާމް އަހުމަދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިލްހާމް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އދ. މާމިނގިލީ އަށް ކުރެއްވި ކެމްޕޭނު ދަތުރުފުޅުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ބައްދަލުކުރެއްވި ފޮޓޯއެއް އާންމުވުމުން އެމްޑީޕީގެ ބައެއް ފަރާތްތަކުން ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން އިލްހާމް ވިދާޅުވީ ބަރުލަމާނީ ނިޒާމުގެ ވާހަކަދައްކަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގާސިމްގެ އަރިހަށް ވަޑައިގެންނެވި ކަމަށާއި ނަޝީދަށް ވެސް ވަރަށް އިހުތިރާމާއެކު ގާސިމް މަރުހަބާ ދެންނެވި ކަމަށެވެ.

“އެމްޑީޕީގެ ޗެއާރޕާސަންގެ އިންތިހާބުގައި ޖޭޕީގެ އެއްވެސް ޝައުގުވެރި ކަމެއް ނެތް.” އިލްހާމް ވިދާޅުވި އެވެ.

ފައްޔާޒު، ގާސިމްއާ ބައްދަލުކުރައްވާ ފޮޓޯ ހިއްސާކުރައްވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު(ބޮންޑެ) ވިދާޅުވީ އެއްކެނޑިޑޭޓަކު ދޮރުން ދޮރަށް ހާލަތު ބަލަމުން މުޅި ރާއްޖެ ކުޑަކުރަމުންދާއިރު އަނެއް ކެނޑިޑޭޓަކު ގޭގެއަކަށްނުވަދޭ ކަމަށާއި އަރަނީ ކޮންމެ ރަށެއްގެ ބަދަރުމައްޗަށް އެކަނި ކަމަށެވެ.

”ބައްދަލުކުރަނީ ކޮންމެވެސް ރަށެއްގެ ތެޔޮ ބައުޒަރަކާ ސޭޓަކާ! ޑޯޓުޑޯ ޒީރޯ!” ފައްޔާޒުއަށް އަމާޒުކުރައްވައި ބޮންޑެ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: