ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކާސްޓިން އެވޯޑަށް ކުރިމަތިލާން ހުޅުވާލައިިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބްރޯޑްކާސްޓިން ކޮމިޝަނުން ފުރަތަމަ ފަހަރަށް ދޭން ފަށާ އެވޯޑަށް ކުރިމަތިލާން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހުޅުވާލައިފި އެވެ.

ޓީވީ އާއި ރޭޑިއޯ ޗެނަލްތަކަށް ހާއްސަކޮށްގެން ދޭ އެވޯޑަށް ކުރިމަތިލާން ހުޅުވާލީ ގިނަ ދާއިރާތަކަށް އެވޯޑް ދޭ ގޮތަށެވެ.

ބްރޯޑް ކާސްޓިން ކޮމިޝަނުން ވަނީ މި އެވޯޑް ދޭނެ އުސޫލުވެސް މިހާރު އާއްމުކޮށްފަ އެވެ. އެ އުސޫލުގައިވާ ގޮތުން އެވޯޑަށް ކުރިމަތިލެވޭނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވާ ބްރޯޑްކާސްޓަރުންނަށެވެ. އަދި ނޫސްވެރިޔެއް ނުވަތަ އަމިއްލަ ފަރާތަކުން ކުރިމަތިލާނަމަ ލާންވާނީ ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވާ ބްރޯޑްކާސްޓަރަކާއި އެއްކޮށް ކޮށްފައިވާ މަސައްކަތަކަށް ނުވަތަ ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓަކަށެވެ.

ޕްރޮޑަކްޝަން އެވޯޑުތައް:

  1.  އެންމެ މޮޅު ޑޮކިއުމެންޓަރީ ޕްރޮގްރާމް (ޗެނަލް)
  2.  އެންމެ މޮޅު ޑޮކިއުމެންޓަރީ ޕްރޮގްރާމް (އަމިއްލަ)
  3. އެންމެ މޮޅު ކަރަންޓް އެފެއާޒް ޕްރޮގްރާމް
  4. އެންމެ މޮޅު މުނިފޫހިފިލުވުމުގެ ޕްރޮގްރާމް
  5. އެންމެ މޮޅު ކުޑަކުދިންގެ ޕްރޮގްރާމް
  6. އެންމެ މޮޅު ޑޭޓައިމް ޕްރޮގްރާމް
  7. އެންމެ މޮޅު ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް
  8. އެންމެ މޮޅު ކުޅިވަރު ޕްރޮގްރާމް
  9. އެންމެ މޮޅު ތިމާވެށި ޕްރޮގްރާމް
  10. އެންމެ މޮޅު އުފެއްދުންތެރި ޕްރޮގްރާމް (ޗެނަލް)
  11. އެންމެ މޮޅު އުފެއްދުންތެރި ޕްރޮގްރާމް (އަމިއްލަ)
  12. އެންމެ މޮޅު ކުޑަކުދިންގެ ޕްރޮގްރާމް
  13. އެންމެ މޮޅު ޑޭޓައިމް ޕްރޮގްރާމް
  14. އަހަރުގެ އިޖްތިމާއީ ޕްރޮގްރާމް (ޗެނަލް)
  15. އަހަރުގެ އިޖްތިމާއީ ޕްރޮގްރާމް (އަމިއްލަ)
  16. އަހަރުގެ އިޖްތިމާއީ ކެމްޕެއިން
  17. އަހަރުގެ މާރކެޓިންގ ކެމްޕެއިން

ނޫސްވެރިކަމުގެ އެވޯޑުތައް:

  1. އެންމެ މޮޅު ނިއުސް އެންކާ
  2. އެންމެ މޮޅު ނޫސްވެރިޔާ
  3. އެންމެ މޮޅު ޕްރޮގްރާމް ޕްރެޒެންޓަރު
  4. އެންމެ މޮޅު ކެމެރާ ޕާރސަން
  5. އެންމެ އުއްމީދީ ނޫސްވެރިޔާ
  6. ބެސްޓް ބްރޯޑްކާސްޓިންގ ޗެނަލް (ޓީވީ/ރޭޑިއޯ)
  7. ބެސްޓް އިންކްލޫސިވް ބްރޯޑްކާސްޓާ (ނުކުޅެދުންތެރި ހުންނަ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭ މިންވަރު)
  8. އެންމެ އުފެއްދުންތެރި ޗެނަލް

މީގެ އިތުރުން ވެސް ބްރޯޑްކާސްޓިން ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތަށް ދޭ އެވޯޑާއި ރީބްރޯޑްކާސްޓިންގ ޚިދުމަތުގެ އެވޯޑްގެ އިތުރުންވެސް ބައެއް އެވޯޑްތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފަ އެވެ.

މީގެ ކުރިން ބްރޯޑްކާސްޓިން ދާއިރާއަށްވެސް އެވޯޑް ދެމުންދަނީ މީޑޔާ ކައުންސިލުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: