ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނަރަލްގެ އިންތިހާބުގައި ރާއްޖޭގެ ތާއީދު ޖެމޭކާއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ޖޫން މަހު ރުވާންޑާގެ ކިގަލީގައި އޮންނަ ކޮމަންވެލްތު ގައުމުތަކުގެ ސަރުކާރުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބާއްވާ ކޮމަންވެލްތު އޮފް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ އިންތިހާބުގައި ޖެމެއިކާގެ ކެނޑިޑޭޓް ކަމީނާ ޖޯންސަން ސްމިތްއަށް ރާއްޖެއިން ތާއީދުކުރާ ކަމުގައި ރައީސްް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ޖަމައިކާގެ ކަމީނާ ޖޯންސަން ސްމިތްގެ ކެންޑިޑެސީއަށް ރާއްޖެއިން ތާއީދުކުރާކަން ރައީސް ކަށަވަރުކޮށްދެއްވާފައި ވަނީ އިއްޔެ ޖެމެއިކާގެ ބޮޑުވަޒީރު އެންޑްރޫ މައިކަލް ހޯލްނެސްއާއެކު ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ ކޮމަންވެލްތް އޮފް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލްގެ ކެންޑިޑެސީއަށް ކަމީނާ ޖޯންސަން-ސްމިތްއަކީ، އެކަމަނާއަށް ލިބިވަޑައިގަންނަވާފައިވާ ގިނަ ތަޖުރިބާއަށް ބަލާއިރު އެންމެ އެކަށީގެންވާ ކެންޑިޑޭޓްކަން ފާހަގަކުރައްވާފައެވެ. އަދި ކަމީނާ ޖޯންސަންއަށް ރާއްޖޭގެ ފުރިހަމަ ތާއީދުއޮތްކަން ހާމަކުރައްވަމުން އެކަމަނާގެ ޒައާމަތުގައި ރާއްޖެއާ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކޮމަންވެލްތުގައި ރަނގަޅަށް ތަމްސީލުކުރެވިގެންދާނެ ކަމުގައި ޔަގީންކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ރައީސް ވަނީ ޖަމައިކާގެ ބޮޑު ވަޒީރު ރާއްޖެއަށް ވަޑައިގެންނެވުމަށް ދައުވަތު ދެއްވައިފައެވެ.

ކަމީނާ ޖޯންސަން ސްމިތަކީ ޖަމައިކާގެ ފުރަތަމަ އަންހެން މިނިސްޓަރު އޮފް ފޮރިން އެފެއާޒް އެންޑް ފޮރިން ޓްރޭޑްގެ މަގާމު އަދާކުރެއްވި ބޭފުޅާއެވެ.

އަދި އެކަމަނާ ވަނީ ކެރީބިއަން ފޯރަމް (ކެރިފޯރަމް) ގެ ޗެއާޕާސަންގެ މަގާމާއި، ކައުންސިލް އޮފް މިނިސްޓާސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސްގެ ރައީސްގެ މަގާމާއި، ކެރިކޮމް ކައުންސިލް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ ރައީސްގެ މަގާމު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: