ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް އިންސާފު ހޯދައި ދިނުމުގައި މުޅި ދައުލަތް ވަނީ ފަހަތުފަޔަށް ބުރަވެފައި: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ އަހަރެއް ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނަށް އިންސާފު ހޯދައިދޭން ދައުލަތް އޮތީ ފަހަތު ފަޔަށް ބުރަވެފައި ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް މިއަދު އެއް އަހަރު ފުރުމާ ދިމާކޮށް ވައްޑޭ ކުރި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް އެއް އަހަރުވީއިރު އެމަނިކުފާނަށް އިންސާފު ހޯދައިދީ، ހަމަލާގެ ވަށައިގެންވާ ކަންކަން ބެލުމުގައި މުޅި ދައުލަތް ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށެވެ.

“ބާރު ހުރި ބޭފުޅުން ބާރަށް ކުރާހާ ވެސް ކަމަކީ އެމަނިކުފާނު ސިޔާސީ މަސައްކަތުން އެކަހެރިކޮށް ބާކީކުރެވޭތޯ ކުރާ މަސައްކަތް” ވައްޑޭ ވިދާޅުވި އެވެ.

ވައްޑެ މިހެން ވިދާޅުވެފައިވާއިރު ނަޝީދަށް މީގެ އެއް އަހަރު ކުރިން ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އިންސާފު ގާއިމުކުރެވިފައި ނެތް ކަމަށާއި ހަމަލާ ހިންގުމަށް ފައިސާ ހަރަދުކުރި ފަރާތްތައް ހޯދުމަށްޓަކައި ވަރުގަދަ ތަހުގީގެއް އަދިވެސް ހިންގުމަށް އެދޭ ކަމަށް ރައީސް ނަޝީދުގެ އާއިލާ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: