ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ކުށްވެރިއަކަށް ހަދަން ރޭވިގެން މަސައްކަތް އެބަކުރޭ: އިންތި

އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ބައްދަލުވުމެއްގައި އިންތި ވަހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކުށްވެރިއަކަށް ހެދުމަށް ރޭވިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އިންތި މިހެން ވިދާޅުވީ މަޖީދީމަގުގައި ބޮމެއް ގޮއްވާލާ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް އަހަރު ފުރުމާއި ގުޅިގެން މިއަދު ނެރުއްވި ބަޔާނެއްގައެވެ. ޓެރަރިސްޓް ހަމަލާގެ ޝިކާރައަކަށްވެ ރަައީސް ނަޝީދުގެ ހަށިކޮޅަށް ފުން އަދި އެހާމެ ގިނަ ޒަހަމުތައް ލިބިވަޑައިގަތެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ގިނަ ފަރުވާތަކެއް ކުރައްވަން ޖެހިވަޑައިގަތެވެ.

އިމްތިޔާޒްގެ ބަޔާނުގައި ވިދާޅުވީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއަށް އެއް އަހަރުވީއިރު ލިބުނު ހަގީގީ ހިތްހަމަޖެހުމެއް ނެތް ކަމަށެވެ. އަދި އީސް މުހައްމަދު ނަޝީދަށް އޮތް ނުރައްކާ ފިލާދިޔަކަމުގެ ޔަގީން ކަމެއްވެސް ނެތް ކަމަށެވެ.

“މައްސަލައިިގެ ވަށައިގެންވާ ކަންކަން ތަހުގީގުކޮށް ހޯދިފައެއް ނުވެއެވެ. އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާ ކުުރުވުމަށް ގޮވާލާ ގޮވުމާއި އެކަމަށް ދެމުންދާ ހިތްވަރު އެ އޮތް ގޮތަށް އެބަ އޮތެވެ. ހަމަލާގެ ޝިކާރައަކަށްވެވަޑައިގެންފައި ވަކިކޮށް އިތުރަށް އެމަނިކުފާނު ކުށްވެރިޔާއަށް ހެދުމުގެ މަސައްކަތް ރޭވިގެން ކުރަމުން ގެންދެއެވެ. ކަމުގެ ބިރުވެރިކަމާއި ސީރިއަސްކަން ކަނޑުވާލައި، ހަނދާނުން ދޫކޮށްލުމަށް ކުރާ ކަންކަންވެސް އެބަ ހިނގައެވެ. މިކަންކަމަކީ އަޅުގަނޑު އިންތިހާއަށް ކަންބޮޑުވާ ކަންކަމެވެ،” އިމްތިޔާޒްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މީގެ އެއް އަހަރު ކުރިން ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އިންސާފު ގާއިމުކުރުމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމި ހުންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: