ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ޖިންސީ ގޯނާއާއި ދެކޮޅަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން/ ފޮޓޯ: ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެެއްގައި މީހަކު ހައްޔަރުކޮށް އެކަން އިތުރަށް ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މާލެ ސަރަހައްދުގައި ކުޑަކުދީންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މާޗް މަހު އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ. އެ ކުދީންނަށް ޖިންސީ ގޯނާ ކުުރުމުގެ ތުހުމަތު އޮތީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 55 އަހަރުގެ ފިރިހެނަކު ވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. އެ މީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: