ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލެ އަށް ނާރަން އަންގާ އިންޒާރު ދީފި: ނަހުލާ

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި "ވިސްނާ" ޖަލްސާގައި ނަހުލާ ވާހަކަ ދައްކަވަނީ./ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް އަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިލިމާލެއަށް ނޭރުމަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ނަހުލާ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލޭ ދާއިރާގެ ކައުންސިލް މެންބަރުގެ ހައިސިއްޔަތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި އެކު ދޮރުން ދޮރަށް މިއަދު ހަވީރު ހިނގަން ހަމަޖެހިފައި ވަނިކޮށް އޭނާ ވިލިމާލެއަށް އަރައިގެން ނުވާނެ ކަމަށް އަންގާފައިވާ ކަމަށެވެ. އެހެންނަމަވެސް އިންޒާރު ދިނަސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިލިމާލެ އަށް ނާރަން އަންގާފައިވާ ކަމަށް ވިދާޅުވި ނަމަވެސް މި އެންގުން އެންގީ ކޮން ފަރާތަކުން ކަމެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ނަހުލާ ގެންދަވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އަށް ތުހުމަތުތަކެއް ކުރައްވަމުންނެވެ.

ވިލިމާލޭގައި ދޮރުުން ދޮރަށް ހިނގުމަށް ހަމަޖެހިފައިވަނީ، ހުސްވެފައިވާ ވިލިމާލެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި އަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: