ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗެއާޕާސަން އިންތިހާބު: މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އިންތި އަރައިފި

ތިލަފަތުގެ ރަމްޒު - އިމްތިޔާޒް ފަހުމީގެ ކެންޕެއިންގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކެމްޕެއިނަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރައްވައިފި އެވެ.

ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް ހޮވާ ޕާޓީގެ ޗެއާޕާސަންކަމަށް އިންތިގެ އިތުރުން ދެން ވާދަ ކުރައްވަނީ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލެވެ. އަދި ފައްޔާޒް ވެސް ގިނަ ރަށްތަކަށް ދަތުރު ކުރައްވާފައިވާކަން ފާހަގަ ކުރެވެ އެވެ.

ޕާޓީގެ އެތެރޭގެ ބޮޑެތި މައްސަލަތަކެއް ވެސް ޖެހިފައިވާ މި އިންތިހާބަށް އިންތިގެ ފަރާތުން މެނިފެސްޓޯއެއް ތައްޔާރުކޮށް، އޭގައިވާ ކަންކަން ތަންފީޒު ކުރާނެކަމުގެ ވައުދުވެފައި ވެއެވެ. އޭގެ ތެރޭގައި ޕާޓީގެ ދަފްތަރާއި  އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރާއި އެއްކުރުމާއި، އަދި ޕާޓީގެ އަސްލު އަސާސްތަކުގެ މަތީން ޑިމޮކްރަޓިކް އުސޫލުތައް ދެމެހެއްޓުން ހިމެނެ އެވެ. އިންތި ވިދާޅުވީ 2023 ކާމިޔާބު ކުރެވޭނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައި، ކޮރަޕްޝަން ނައްތާލުމުގެ ވައުދު ފުއްދައިގެން ކަމަށެވެ.

އިންތި މި މަގާމަށް ގެންނަން ޖެހޭކަމަށް ބުނާ ސަބަބުތަކުގެ ތެރޭގައި ޕާޓީއަށް އިހުލާސްތެރި މަސައްކަތް ކުރުން ހިމެނެ އެވެ.

ޗެއާޕާސަންގެ އިންތިހާބުގައި ރަށްތަކަށް ދަތުރުކޮށް، ބޮޑަށް މަސައްކަތް ކުރީ އާއްމު ރައްޔިތުންނާއި ބައްދަލުކޮށް ބޭނުންވާ ބަދަލުތައް އޮޅުންފިލުވުމުގައިކަމަށް އިންތި ފާހަގަ ކުރެއްވި އެވެ.

ކެމްޕެއިނުގެ އެންމެ ފަހު ރަށް މަކުނުދޫގައި ހުންނަވައި އިންތި ވިދާޅުވީ، ކުރެވުނީ ކާމިޔާބު ދަތުރުތަކެއް ކަމަށާއި، އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު އެބައޮތް ކަމަށެވެ.

އިންތިގެ ކެމްޕެއިން ޓީމުން ކުރި ދަތުރުތަކުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، އާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް، ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، މަޑަވެލި ދާއިރާގެ މެމްބަރު ފިރުޝާން ފާހަގަ ކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: