ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒާތީ ވިޔަސް މައްސަލައެއް ނެތް، ހަޖަމު ކުރެވޭނެ: ފައްޔާޒް

ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމައީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ދެކޮޅު ވިސްނުމެއް ހުރެގެން 2023 ވެސް އަދި 2028 ވެސް ކާމިޔާބު ކުރުން އެއީ ފަސޭހަ މަސައްކަތެއް ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފަައްޔާޒްގެ އިތުރުން ދެން ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. ސަރުކާރުގައި އޮވެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ރައީސުލްޖުމްހޫރިއްޔާއަށް އަމާޒު ކުރާ ފާޑުކިއުންތަކާއި، ވައުދު ނުފުއްދޭކަމަށް ދައްކާ ވާހަކަތަކީ ޖެއްސުންކޮށް ބަޣާވާތެއް ކުރުންކަމަށް ފައްޔާޒްގެ ފަރާތުން ފާހަގަ ކުރައްވަ އެވެ. އިންތިގެ ޓީމުން ވަނީ އެމްޑީޕީގެ އަސާސްތަކާއި އުސޫލުތަކާއި ހިލާފުވެގެން 2023 ކާމިޔާބު ނުކުރެވޭނެކަމަށް ބުނެފަ އެވެ. އަދި ބައެއް މެމްބަރުން މަޖިލީހުގައި އާއި ތަފާތު އެކި ބައްދަލުވުންތަކުގައި އިދިކޮޅުން ވެސް ސަރުކާރަށް ފާޑުކިއުމުގައި ބޭނުން ނުކުރާ މޭރުމުން ނުރުހުން އަމާޒުކޮށްފައި ވެއެވެ.

އިންތިހާބަށް މަދު ދުވަސްކޮޅަކަށްވެ ފޯރިއާއި އެކު ކުރިޔަށް ދާ ކެމްޕެއިންގެ ތެރެއިން ފުވައްމުލަކަށް ކުރެއްވި ދަތުރުގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ ސިޔާސީ ޕާޓީ ހިންގޭނީ ހަރަކާތްތައް ވަރުގަދަކޮށްގެން ކަމަށެވެ. އޭރަކު ޕާޓީ ވެރިކަމުގައި އޮވެއްޖެ ނަމަ މަސައްކަތް ކުރެވޭނީ ސަރުކާރަށް އެއްބާރުލުން ދީގެންކަމަށާއި، ދެކޮޅަށް މަސައްކަތްކޮށްގެން ލިބޭނެ ކާމިޔާބެއް ނޯންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެތެރޭގެ އިންތިހާބުގައި އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބޭރު ކުރަންކަމަށް ދެކެވޭ ވާހަކައިގެ ރައްދަށް ފައްޔާޒް ވިދާޅުވީ އެއީ އިންތިހާބުގެ ބޭނުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި ވާދަވެރި ކެމްޕެއިނެއްގެ ތެރެއިން އެފަދަ މަންޒަރު ފެންނަނީ، ދައްކާނެ އިތުރު ވާހަކަތަކެއް ނެތިގެންކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ހަނގުރާމަތަކާއި، ސިޔާސީ ކޮންމެ މަސައްކަތެއް ވެސް އެންމެން ކުރަނީ މޮޅުވެ ކާމިޔާބު ހޯދަން ކަމަށެވެ. މިފަދަ ވާހަކަތަކެއް ދައްކައި، އަބުރު ގެއްލޭފަދަ ޒާތީ ވާހަކަތަކެއް ދެއްކެވިޔަސް އެއަށް ރައްދު ދިނުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ފައްޔާޒްގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ. ފައްޔާޒް ވިދާޅުވީ ޒާތީ ގޮތުން ދިމާކޮށް ދައްކާ ވާހަކަތައް އޭނާއަށް ހަޖަމު ކުރެވޭ ކަމަށެވެ.

“ހަނގުރާމައާއި ސިޔާސީ ކެމްޕެއިންތަކުގައި ކޮންމެ ކަމެއް ވެސް ކުރާނެ މޮޅުވުމަށްޓަކައި.. އަޅުގަނޑަށް މައްސަލައެއް ނެތް.. އަޅުގަނޑަށް ހަޖަމު ވާނެ” ފައްޔާޒް

ކެމްޕެއިނުގައި ބޭނުން ކުރާ “ހިންގާލަން” ސްލޯގަންއަށް އިޝާރާތް ކުރައްވައި ފައްޔާޒް ވިދާޅުވީ މިއީ އެއްވެސް ގޮތަކަށް ބަޔަކަށް ކުޑައި މީސްކުރުމުގެ ނިޔަތުގައި ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ. ޕާޓީއަށް ބަދަލު ބޭނުންވާކަން އެއީ ކޮންމެ މީހަކު ވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެއިތުރުން ފައްޔާޒް ވިދާޅުވީ އިންތިހާބުގައި ވާދަ ކުރުމަށް ނިންމި ހިސާބުން ފުރަތަމަ ދެ ދުވަހު ޕާޓީގެ އިސް ލީޑާޝިޕުން ވެސް ތާއީދު ލިބުނު ކަމަށެވެ. އެގޮތުގައި މަސައްކަތް ކުރެވޭނެކަމަށް ބެލވުނު ނަމަވެސް ކަން ހިނގީ އެގޮތަށް ނޫންކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ އޭގެ މާނައަކީ ބަލިވީކަމަށް ހިތައި ފަހަތަށް ޖެހުމެއް ނޫން ކަމަށެވެ. އެނާއަކީ ކުރިމަތިލާ ކަމެއް ކާމިޔާބާއި އެކު ނޫނީ ނިންމާލާނެ މީހެއް ނޫންކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ދަތުރުތަކުން ފާހަގަ ކުރެވުނު އަދި އާއްމުންގެ ފަރާތުން އައި ޝަކުވާތަކަށް ފައްޔާޒް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ހުރި ޕާޓީގެ ޖަގަހަތައް ނުހިނގާ ކަމަށެވެ.

އިންތިހާބުގެ ކެމްޕޭންގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި ދެ ރައީސުން ވެސް ގެންދަވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ބަދަލު ކުރައްވަމުންނެވެ.

އިންތިހާބުގައި ނަޝީދުގެ ތާއީދާއެކު ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އިންތިގެ ކެމްޕެއިން ޓީމުގައި މަސައްކަތް ކުރައްވަނީ ނަޝީދަށް ތާއީދު ކުރައްވާ މަޖިލިހުގެ މެމްބަރުންނާއި ގައުމީ މަޖިލިހުގެ މެމްބަރުންނެވެ.

ޗެއާޕާސަނަކަށް ރައީސް ސޯލިހްގެ ތާއީދާއި އެކު ވާދަކުރައްވަނީ އެމަނިކުފާނުގެ ކެބިނެޓްގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. ފައްޔާޒްގެ ކެމްޕެއިންގައި އުޅުއްވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ މަޖިލިހުގެ މެމްބަރުންނާއި ގައުމީ މަޖިލިހުގެ މެމްބަރުންގެ އިތުރުން ބައެއް ވަޒީރުންނެވެ. އަދި ރައީސް ސޯލިހާއި އަރިސްކަމަށް ބެލެވޭ ގިނަ ބޭފުޅުން ތާއީދު ކުރަނީ ފައްޔާޒަށެވެ.

އިންތިގެ ކެމްޕޭންގައި އުޅުއްވަނީ ރައީސް ނަޝީދަށް ވަފާތެރި އެމްޑީޕީއަށް ތެދުވެރި މެމްބަރުން ކަމުގައި އާންމުންގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: