ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ވިދާޅުވިޔަސް، ސަރުކާރާއި ދެކޮޅު ވެވެން ނެތް: ފައްޔާޒް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު އަދި ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވައުދުތަކެއް ވެ އެ ނުފުއްދޭ ސަރުކާރަކާއި އެކު އެމްޑީޕީ ދެމި އޮންނަން ބޭނުން ނުވާކަމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ނަމަވެސް ސަރުކާރާއި ދެކޮޅު ވެވޭނެ ހާލަތެއް ނެތްކަމަށް ޗެއާޕާސަންގެ އިންތިހާބުގައި ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޏ. ފުވައްމުލައް ކެމްޕެއިން ޖަލްސާގައި ފައްޔާޒް ވިދާޅުވީ 2023 ކާމިޔާބު ކުރުމަށް ޕާޓީގެ ހިންގުމުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަަށެވެ. އިންތިހާބުގެ ކެމްޕެއިނަށް ގިނަ ރަށްތަކަށް އޭނާ ދަތުރު ކުރިކަން ފާހަގަކޮށް، ފައްޔާޒް ވިދަޅުވީ ހަރުގެއެއް ހުރެމެ ރަނގަޅު ގޮތުގައި ހިނގާތަނެއް އިނގިލިން ގުނާލެވޭހާ މަދު ކަމަށެވެ. ޖަގަހަތައް ހިންގަން ޖެހޭކަމަށް ބުނަނީ އެ ސަބަބާއި ހުރެކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ، މި ތިން އަހަރުގެ ތެރޭގައި ޕާޓީ އާއި އާއްމުންގެ ދެމެދު އޮނަން ޖެހޭ ގުޅުން ފަނޑުވެފައިވާ ކަމަށެވެ. ޖަލްސާތައް ނުބޭއްވުމާއި، ދައުލަތުން ފައިސާތައް ހަރުގެތައް ދޫނުކުރުން އެއީ ކަންބޮޑުވުމެއް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ކުރިޔަށް އޮތީ ރިޔާސީ އިންތިހާބެއް ކަމަށާއި، ކާމިޔާބު ކުރެވޭނީ އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. ސަރުކާރާއި ދެކޮޅު ވާހަކަތައް ދެއްކުން ކުށްވެރި ކުރަައްވައި ފައްޔާޒް ވިދާޅުވީ، މި އުސޫލުން 2028 ވެސް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދު ސަރުކާރާއި ދެކޮޅު ވާހަކަތައް ދައްކަވާތީ އެކަމުގެ ރައްދުގައި ފައްޔާޒް ވިދާޅުވީ، ސަރުކާރާއި ފެޔަށް ޖެހުން އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި ކުރިޔަށް ދާންވާނީ ސަރުކާރާއި އެކު ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ ކުރިމަަގަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭއިރު، ކުރިޔަށް ދާން ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް ފައްޔާޒް އެދިވަޑައިގެންނެވި އެވެ.

“ވަރަށް އިހްތިރާމާއެކު މި ދަންނަވަނީ ރައީސް ނަޝީދު ވިދާޅުވިޔަސް އަޅުގަނޑުމެންނަށް ނެތް ސަރުކާރާ ފެޔަށް ޖެހެވޭކަށް… އެއީ ރަނގަޅުގޮތެއް ނޫން…” ފައްޔާޒް

ފައްޔާޒް ވިދާޅުވީ ސަރުކާރެއްގެ ތެރޭގައި ގޯސްތަކެއް ވެސް ހުންނާނެކަމަށާއި، ނަމަވެސް މިއީ އެއްކޮށް މަޝްވަރާކޮށް ހައްލު ކުރެވެނެ ބައެއް ކަންތަކެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު އެއް ބޭނުނަކީ ވެސް އުފެދޭ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ ގުޅިގެން މަސައްކަތް ކުރުންކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ދެކޮޅު ވިސްނުންތަކުގެ ސަބަބުން އިދިކޮޅަށް އިންތިހާބު ލިބިދާނެ މަގު ތަނަވަސް ނުކުރުމަށް ފައްޔާޒް ގޮވާލި އެވެ. އިންތިހަބަކާއި ޖެހި އުފެދިފައިވާ މައްސަލައެއްގެ ތެރެއިން ޒާތީވުމަޖުން އޭނާގެ މައްސަލައެއް ނެތްކަމަށާއި، އެ ތުހުމަތު ވެސް އަދި އެ ވާހަކަތައް ވެސް ހަޖަމު ކުރެވޭނެކަމަށް ފައްޔާޒް ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވީ، އޭނާއަށް
“ބްރޯ” ގެ ނަމުން މުހާތަބުކޮށް ތުހުމަތުތައް ކުރެވޭނަމަ އެކަން ވެސް ބަލައި ތަހުގީގު ކުރަން ވީކަމަށެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ލީޑާޝިޕުގެ ބޭފުޅަކާއި ވާދަ ކުރަން އެހެން ކެނޑިޑޭޓެއް ނިކުމެއްޖެ ހާލަތެއްގައި އަބަދުވެސް މިފަދަ ކަންތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބަލައި އެގޮތުގެ މަތީން މަސައްކަތް ކުރަން ފައްޔާޒް އެދިވަޑައިގަތެވެ. އަދި ވިދާޅުވީ ޗެއާޕާސަން އިންތިހާބުން 2023 އަށް ވާނެ ގޮތް ވަރަށް ރަނގަޅަށް އެނގިގެން ދާނެ ކަމަށެވެ.

އިންތިހާބުގެ ކެމްޕޭންގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި ދެ ރައީސުން ވެސް ގެންދަވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ބަދަލު ކުރައްވަމުންނެވެ.

އިންތިހާބުގައި ނަޝީދުގެ ތާއީދާއެކު ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އިންތިގެ ކެމްޕެއިން ޓީމުގައި މަސައްކަތް ކުރައްވަނީ ނަޝީދަށް ތާއީދު ކުރައްވާ މަޖިލިހުގެ މެމްބަރުންނާއި ގައުމީ މަޖިލިހުގެ މެމްބަރުންނެވެ.

ޗެއާޕާސަނަކަށް ރައީސް ސޯލިހްގެ ތާއީދާއި އެކު ވާދަކުރައްވަނީ އެމަނިކުފާނުގެ ކެބިނެޓްގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. ފައްޔާޒްގެ ކެމްޕެއިންގައި އުޅުއްވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ މަޖިލިހުގެ މެމްބަރުންނާއި ގައުމީ މަޖިލިހުގެ މެމްބަރުންގެ އިތުރުން ބައެއް ވަޒީރުންނެވެ. އަދި ރައީސް ސޯލިހާއި އަރިސްކަމަށް ބެލެވޭ ގިނަ ބޭފުޅުން ތާއީދު ކުރަނީ ފައްޔާޒަށެވެ.

އިންތިގެ ކެމްޕޭންގައި އުޅުއްވަނީ ރައީސް ނަޝީދަށް ވަފާތެރި އެމްޑީޕީއަށް ތެދުވެރި މެމްބަރުން ކަމުގައި އާންމުންގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: