ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗާއި ދަރުމަވަންތައިގެ ސީޓީ ސްކޭންގެ ހިދުމަތް މައްސަލަ ޖެހި މެދުކަނޑާލައިފި

ފައިލް ފޮޓޯ: އައިޖީއެމްއެޗް
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުން ސީޓީ ސްކޭންގެ ހިދުމަތް މެދުކަނޑާލައިފިއެވެ.

އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލްގައި މިވަގުތު ބޭނުން ކުރެވުމުންދާ ސީޓީ މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ވަގުތީ މެއިންޓަނެންސްގެ މަސައްކަތް ކުރިއަށްދާތީ ސީޓީ ސްކޭންގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

މިދަނޑިވަޅުގައި އިމަޖެންސީކޮށް ކުރަން ޖެހޭ ސީޓީ ސްކޭންތައް ހުޅުމާލެ ހޮސްޕިޓަލުން ކުރަމުން ގެންދާނެ ކަމަށް ވެސް އައިޖީއެމްއެޗްއިން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗް އިން އިތުރަށް ބުނީ މެޝިންތަކުގެ މެއިންޓަނެންސްގެ މަސައްކަތް ނިމި މި ހިދުމަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

އަދި ސީޓީ ސްކޭންގެ ހިދުމަތް ހޯދާ މީހުންނަށް ދިމާވެދާނެ ދަތިތަކަށް އައިޖީއެމްއެޗުން ވަނީ މާފަށް އެދިފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: