ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރު ހަތިޔާރު އެޅި ސިފައިންގެ ބޭނުންކޮށް މަހިންދަ ރާޖަޕަކްސާ ސަލާމަތްކުރަން ޖެހިއްޖެ.

ސްރީލަންކާގައި ހިންގަމުން ދާ ހަމަނުޖެހުމުގެ ތެރެއިން: ފޮޓޯ/ ރޮއިޓާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގައި ހިންގަމުންދާ މުޒާހަރާތަކުގެ ތެރެއިން އެގައުމުގެ ކުރީގެ ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސާގެ ގެކޮޅަށް އެތައް ހާސް ރައްޔިތުނެއް ހަމަލާ ދިނުމުގެ ސަބަބުން، ބަރު ހަތިޔާރު އެޅި ސިފައިންގެ އެހީ ބޭނުންކޮށްގެން އެ ސަރަހައްދުން އެނާ ގެންދަވައިފިއެވެ.

ސްރީލަންކާގެ އިގްތިސޯދީ އަދި އިޖްތިމާއީ ހާލަތު ދަށައް ގޮސް އެ ގައުމުގެ ރައްޔިތުންނަށް އެތައް ދަތިތަކެއް ތަހައްމަލު ކުރަން ޖެހުމުގެ ސަބުބުން ވެރިކަން ކުރަމުންދާ ފަރާތްތައް އިސްތިއުފާދިނުމަށް ގޮވާލަ ހިންގަންފަށާފައިވާ މުޒާހަރާތައް ހޫނުވެ،  ރައްޔިތުންވަނީ އެގައުމު ކުރީގެ ޕްރައިމް މިނިސްޓާރ މަހިންދަގެ ރާޖަޕަކްސާާ ހުންނަވާ ގެކޮޅަށް ވަދެ، ދެ ބުރި އިމާރާތެއްގައި ތާށިވެފައި ހުރި މަހިންދަ އަދި އާއިލާއަށް ހަމަލާދިނުމަށް މަސައްކަތްތަކެއް ކޮށްފައިއެވެ. ނަމަވެސް ބަރުހަތިޔާރު އެޅި ލަންކާގެ ސިފައިންވަނީ އެ ސަރަހައްދަށް ގޮސް މަހިންދަ އަދި އާއިލާގެ މެމްބަރުން ރައްކާތެރިކަމާއިއެކު ހާމަކޮށްފައިނުވާ ތަނަކަށް ގެންގޮސްފައިއެވެ.

ސްރީލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލެއް ވިދާޅުވެފައިވާ ގޮތުގައި މަހިންދަ ދިރިއުޅުއްވި ގެކޮޅަށް އަމާޒުކޮށް އެސަރަހައްދުގައި ހަމަނުޖެހުން ހިންގި މީހުންވަނީ މަދުވެގެން ދިހަ ޕެޓްރޯލް ބޮމުގެ ބޭނުންކޮށް ހަމަލާދީފައިއެވެ. މަހިންދަ އެސަރަހައްދުން ގެންދިއުމާއި ގުޅިގެން މުޒާހަރާގެ ބައިވެރިންވަނީ އިތުރަށް ރުޅިގަދަވެ ބޮޑެތި ހަމަނުޖެހުންތައް ހިންގާފައިއެވެ. މި ހަމަނުޖެހުންތެރޭ އާއްމުންގެ ފަސް މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ އިރު ސްރީލަންކާގެ މަޖިލިސް މެމްބަރެއްވެސް އަމިއްލައަށް މަރުވެވެފައިވާ ކަމަށް ފާހަގަކޮށްލެވެއެވެ.

މީސްމީޑިއާތަކުން ބުނާގޮތުގައި ސްރީލަންކާގެ ވެރިކަން ކުރާ ޕާޓީއަށް ނިސްބައިވާ ޕާލިމެންޓް މެމްބަރު އަމަަރަކީރްތީ އަތުކޮރަލައާއި ގުޅުން ހުރި ވެހިކަލްއެއްގައި ތިބި ބަޔަކު ވަނީ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަން ތިބި މީހުންތަކެއްގެ ގަޔައް ބަޑިޖަހާފައިއެވެ، އެއަށް ފަހު ވެހިކަލް ދޫކޮށް އެނާ ފިލަން ދުވާ މަންޒަރުތައް ސިސީޓީވީ އިންވެސް ދައްކުވައިދޭކަން ފާހަގަކުރެވެއެވެ. ދުވެފައިގޮސް އެސަރަހައްދުގައި ހުރި އިމާރާތަކަށް އެނާ ފިލަން ވަނުމާއިއެކު މުޒާހަރާގެ ބައިވެރިން އެ އިމާރާތް ވަށާލުލުން އެނާ ވަނީ އަމިއްލަ ފުރާނަ ނަންގަވާފައިކަމަށް އެގައުމުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ.

ރާޖަޕަކްސާގެ އިތުރުން މިވަގުތު ސްރީލަންކާގައި އޮތް ސަރުކާރާއި ގުޅުހުން ހުރި އެތައް ބައެއްގެ ގެތަކާއި މުދަލައް، މުޒާހަރާގެ ބައިވެރިން ގެއްލުން ދެމުންދާކަން ފާހަގަ ކުރެވެއެވެ. ގޭގެ ރޯކޮށްލުމުގެ އިތުރުން ކާރުތައް އަދި އެހެނިހެން އެބޭފުޅުންނާއި ގުޅުން ހުރި ތަންތަނަށާއި އެއްޗެއްސަށް އިއާދަ ނުކުރެވޭނެ ފަދަ ބޮޑެތިގެއްލުން ދީ އެ ބޭފުޅުން އަދި އާއިލާތަކަށްވެސް ހަމަލާ ދެމުން ދިއުމުގެ ސަބަބުން އެގައުމަށް ވަނީ އިތުރު ބޮޑެތި މާލީ ގެއްލުންތަކާއި ކުރިމަތިވެފައިކަން ފާހަގަކުރެވެއެވެ. ސްރީލަންކާގެ ސަރުކާރާއި މުޒާހަރާގެ ބައިވެރިންގެ އިތުރުން އެތައް ފުލުންނަކަށްވެސް ވަނީ ބޮޑެތި އަނިޔާތައް ލިބިފައިއެވެ އަދި ބައެއް ފުލުހުން މަރުވެފައިވާ ކަމަށްވެސް ފާހަގަ ކުރެވެއެވެ.

އެތައްހާސް ދިވެހިންނެއް ދިރިއުޅެމުންދާ އަވައްޓެރި ގައުމު ސްރީލަންކާގެ މާލީ އަދި އިޖްތިމާއީ ހާލަތު ދަށަށް ދިއުމުގެ ސަބުބުން އެގައުމުގެ ރައްޔިތުން މަގުތައް މައްޗަށް ނުކުމެ ރައީސް ރާޖަޕަކްސާ އަދި ސަރުކާރުގެ އިސްވެރިން އިސްތިއުފާ ދިނުމަށް އެދި ގޮވާލާތާ އެތައް ހަފްތާއަކަށް ފަހު ކުރަމުން ދިއަ މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދުލުވެފައިއެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ބާރުގެ ބޭނުންކޮށް ނުކުތް ފުލުންނާއި ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާ މީހުންގެ ތެރޭގައި އެތައް ހަމަ ނުޖެހުމެއް ހިންގާފައިވާ އިރު ދާދި ފަހުން ސަރުކާރަށް ތާއީދު ކުރާ މީހުންނާއި މުޒާހަރާގެ ބައިވެރިންނާއި ދޭތެރޭގައިވެސް ބޮޑެތި ހަމަލާތަކެއް ބަދަލުކުރެވިފައިވާ ކަން ފާހަގަކޮށްލެވެއެވެ. މި ހަމަނުޖެހުންތަކުގައި އެތައް ބަޔަކަށް އަނިޔާވެފައިވާއިރު ފަހަކަށް އައިސް ހަމަނުޖެހުންތައް ހޫނުވެ ސަރުކާރަށް ނިސްބަތްވާ މީހުންންގެ މުދަލަށް ގެއްލުން ދީ އާއިލާތަކަށްވެސް ހަމަލާދެމުންދާއިރު ބައިވެރިންގެ ތެރެއިން އެތައް ބަޔަކު މަރުވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: