ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ވެރިކަން ހޯދައިދިނުމަކީ ހެދޭ އެންމެ ބޮޑު ގޯސް، އެހެން ނުހައްދަވާ: ނިހާދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ވެރިކަން ހޯދައިދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށާއި އެހެން ނުހެއްދެވުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް އުފެދިފައިވާ ދެބަަސްވުން ތަކާއި ހިޔާލު ތަފާތުވެފައިވާ މި ވަގުތު، ރައީސް ނަޝީދު ވަނީ ސަރުކާރު މިހާރު ކުރިއަށްދާ ގޮތުން 2023 އެމްޑީޕީ އަށް ގެއްލިދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި ރައީސް ނަޝީދަށް ފެނިވަޑައިގެންނަވާ އެންމެ ރަނގަޅު ގޮތަކީ ޕީޕީއެމް އާއި އެކު އިއްތިހާދެއް ހެދުން ކަމަށާއި އެކަމުގައި ކުރީގެ ރައީސް ޔާމީން ގެ އެހީ ހޯއްދަވާނެ ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ވިދާޅުވެފައިވަނީ ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ރައީސް ނަޝީދުގެ އެ ހަބަރުގެ ސުރުހީ ހިމަނުއްވައި ނިހާދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އެމްޑީޕީ އިން އުފެއްދި މި ސަރުކާރު ޔާމީނާއި ގުޅިގެން ވައްޓާލުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށެވެ. އަދި އެހާ ހިސާބުން ދެން އެނބުރި ވެރިކަމށް ނާދެވޭނެ ކަމަށް ވިދާޅުވެ ޔާމީނަށް ވެރިކަން ހޯދައި ދިނުމުގެ ހިޔާލު ދޫކޮށްލުމަށް ނިހާދު ވަނީ ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ.

 

 

 

ނިހާދު އެހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދު ވަނީ އަންނަ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. ރަައީސް ނަޝީދު ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭނެއްގައި މަޖިލީހުގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ރައީސް ނަޝީދު ބުނަމުން ގެންދެވި އެއް ވާހަކަ އަކީ ސިޔާސީ ކަންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާ އެކު މަސައްކަތް ކުރައްވަން އުނދަގޫ ކަމަށެވެ. ރައީސް ނަޝީދު އެކި ފަހަރު މަތިން ތަކުރާރު ކޮށް ވިދާޅުަވަމުން ގެންދަވާ އެއްވާހަކަ ފުޅަކީ މިސަރުކާރުން ވެރިކަމަށް އައީ އަދުލު އިންސާފް ގާއިމް ކޮށްދޭން ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެކަން ވެފައި ނުވާކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް ދެވުނު ހަމަލާއަށް އިންސާފު ނުލިބިފައި ވާ ކަމުގެ ކަންބޮޑުވުން އޮތީ ހަމައެކަނި ރައީސް ނަޝީދުގެ ހިތްޕުޅުގައި އެކަންޏެއް ނޫނެވެ. އެހަމަލާގެ ހިތިރަހަ އެމަނިކުފާނުގެ އާއިލާ އާއި އެކުވެރިންނާއި ސަޕޯޓަރުންގެ ކަރުން އަދިވެސް ވަނީ ނުފިލައެވެ.

މީގެ އިތުރުން ވަގަށް ނަގާފައިވާ މީހުންނާއ ރަހުމް ކުޑަކޮށް މަރާލެވިފައިވާ މީހުންގެ ތެރޭގައި ހިމެނޭ މަރްހޫމް ޑރ އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިޟްވާނާއި ބްލޮގަރ ޔާމިން ރަޝީދުގެ މަރުގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މިސަރުކާރުން ވީ ވައުދުގެ މަތިން ހަނދާން ނެތިއްޖެ ކަމުގައި ރައީސް ނަޝީދާއި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އަދި ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި މިސަރުކާރަށް އެދެވޭ ނަތީޖާ ތަކެއް ހާސިލް ކުރެވިފައި ނުވާ ކަމަކީ އެމްޑީޕީގެ މެމްބަރުން ކަންބޮޑުވާ އެންމެ ބޮޑު އެއް ކަންތައް ކަމުގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް މަޖިލިސް މެމްބަރުން ދަނީ ފާހަގަ ކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: