ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމިނާއި ގުޅިގެން ވެރިކަން ވައްޓާލަން އުޅުމަކީ ނަޝީދުއަށް ހޭދޭ އެންމެ ބޮޑު ގޯސް: ނިހާދު

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމާއި ގުޅިގެން އެމްޑީޕީގެ ވެރިކަމެއް ވާއްޓާލަން މަސައްކަތް ކުރެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހެދޭނެ އެންމެ ބޮޑު ގޯސްކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އަދި ޕީޕީއެމްގެ އިއްތިހާދެއް އުފައްދަން ރައީސް ޔާމިންގެ އެހީ ހޯއްދެވުމަކީ އެންމެ ރަންގަޅުގޮތް ކަމަށް ނަޝީދު މިދިޔަ އަހަރު ވިދާޅުވެފައިވާކަމަށް ޝާއިއު ކޮށްފައިވާ ހަަބަރެއް ޓްވިޓާގައި ޝެއާރ ކުރަށްވާ ނިހާދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް ވައްޓާލުމަށް ޔާމިންއާއި ގުޅިވަޑައިގެން މަސައްކަތް ކުރަށްވާ ކާމިޔާބު ވެއްޖެ ނަމަ އެއީ އެމްޑީޕީއަށް ލިބިގެންދާނެ އެންމެ ބޮޑު ގެއްލުން ކަމަށެވެ. އަދި އެފަދައިން ކަންކަން ކުރަށްވައިފިނަމަ އެމްޑީޕީގެ ވެރިކަމެއް ގާއުމު ކުރުމުގެ ފުރުސަތެއް ޔާމިން ނުދެއްވާނެކަން ފާހަގަ ކުރަށްވާ އެނާ ވިދާޅުވީ، ޔާމިނަށް ވެރިކަން ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރުމަކީ ނަޝީދު ހައްދަވާނެ އެންމެ ބޮޑު ގޯސްކަމަށް ވާތީ އެފަދައިން އަމަލު ނުކުރެށްވުމަށް އިލްތިމާޒް ކުރަށްވާ ކަމަށެވެ.

“އެމްޑީޕީއިން އުފެއްދި މި ސަރުކާރު ޔާމީންއާއި ގުޅިގެން ވާއްޓާލުމަކީ އަޅުގަނޑުމެންނަށް ލިބޭނެ އެންމެ ބޮޑު ގެއްލުން، އެ ހިސާބުން ދެން އެންބުރި ވެރިކަމަށް އަންނާކަށް ޔާމިން އަބްދުލް ގައްޔޫމް މެންނެއް ފުރުސަތެއް ނުދޭނެ، އެނާއަށް ވެރިކަން ހޯދައިދިނުމަކީ ހަދާނެ އެންމެ ބޮޑު ގޯސް، ތިޔަހެން ނުހައްދަވާ ރައީސް.” ނިހާދު

ނިހާދު މިހެން ވިދާޅުވެފައިވާ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް ނަޝީދާއި ދޭތެރޭގައި ކުރިން އޮތް ގާތް ގުޅުން ހީނަރުވެ ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދާދި ފަހުން ރައީސް ނަޝީދު ވަނީ މި ސަރުކާރަކީ ފެތެމުންދާ އޮޑިއެއްގެ ގޮތުގައި ސިފަކުރަށްވާފައިއެވެ. އަދި އެމްޑީޕީއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ ސަރުކާރާއި އެކު ނުފެތުންކަމުގައިވެސް އެނާ ވަނީ ފާހަގަ ކުރަަށްވާ ފައިއެވެ.

އެމްޑީޕީގެ ސަރުކާރަށް ނިސްބަތްވާ އެތައް ބަޔަކު ރައީސް ސޯލިހުގެ ދެވަނަ ދައުރެއް ދެކިލައްވަން ބޭނުންވެލައްވާ ކަމަށް ވިދާޅުވަމުންދާއިރު، އިންޑިއާއަށް ކުރެށްވި ރަސްމީ ދަތުރުފުޅެއްގައި އެގައުމު ސަރުކާރަށް ނިސްބަތްވާ ނޫސް ޗެނަލްއަކަށް ދެއްވި އިންޓަރވިއުއެއްގައި ނަޝީދު ވަނީ ފާޓީ އިން އެދިފި ނަމަ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައިއެވެ. ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރަށްވާ އިމްތިޔާޒު ފަހުމީގެ “ތިލަފަތުގެ ރަމްޒް” ކެމްޕެއިން ޓީމުގެ ފަރާތުން ތާއީދު ހޯއްދެވުމަށް ކުރި ދަތުރެއްގައި އެމަނިކުފާނުގެ ކޮއްކޮ އަދި މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ، ރައީސް ނަޝީދު 2023 ގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެ ކަމަށް ވިދާޅުވުމާއި ގުޅިގެންކަމަށް ފާހަގަ ކޮށްލެވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބައި ގުޅިގެން އެޕާޓީ ދެކަފިވެފައިވާ އިރު އެންމެ އިސްކޮށް ތިއްބަވާ ރައީސް ސޯލިހު އަދި ރައީސް ނަޝީދު ދޭތެރޭގައިވެސް ބޮޑެތި ބައިބައިވުންތައް އުފެދިވައިވާކަމަށް ފާހަގަކޮށްލެވެއެވެ. މިކަމާއި ގުޅިގެން ރައީސް ސޯލިހު އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާއިރު އިންޑީއާގެ ނޫސްޗެނަލްއަކަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެދެބޭފުޅުން ގެ ދޭތެރޭގައި ޒާތީ މައްސަލަައެއް ޖެހިފައި ނުވާ ނަމަވެސް އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ބަލަން ވެލެއްވި ރިޔާސީ ވައުދު ފުއްދިފައި ނުވުން ފަދަ ކަންކަމުގައި ދެބޭފުޅުންގެ ތެރޭގައި ހިޔާލުތަފާތުވެލައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: