ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ކޯޓުން ދޫކޮށްލާފައި ވަނިކޮށް އަލުން ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލި މީހަކު އަލުން ހައްޔަރުކުރުމަށް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ހޯދަނީ މާލެ ގަލޮޅު ތަބުރުގޭ މުހައްމަދު ބިޝާރު އިސްމާޢީލް، 41، އެވެ.

ފުލުހުން ބުނީ އޭނާ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޖެނުއަރީ 19، 2020 ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ސައުތު ޕޮލިސް ރީޖަން (ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށެއްގެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކުރި ކަމަށެވެ.

އަދި އެ މައްސަލައިގެ ޝަރީއަތް މިދިޔަ އަހަރުގެ މެއި މަހުގެ 26 ގައި ޝަރީއަތް ކްރިމިނަލް ކޯޓަށް ބަދަލުކުރުމާ ގުޅިގެންއެ ކޯޓުން ބިޝާރު ޝަރީއަތުން ގޮތެއް ނިންމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރި އެއެވެ.

ނަމަވެސް ދަޢުވާ ލިބޭ ފަރާތުން ބަންދު މުރާޖާކޮށް ދިނުމަށް ކޯޓުގައި އެދުމުން އޭނާ ޝަރުތުތަކާއެކު ދޫކޮށްލި އެވެ. އަދި ބިޝާރު ދޫކޮށްލުމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ޑިސެމްބަރު 23، 2021 ގައި ހައިކޯޓުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލުނުވެ ދެމި އޮތްކަމަށް ހުކުމްކޮށްފަ އެވެ.

ހައިކޯޓުގެ އެހުކުމާ ގުޅިގެން އޭނާ ހައްޔަރުކުރުމަށްޓަކައި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދިޔަ ނަމަވެސް، މިހާތަނަށް ކުރެވެނު މަސައްކަތުން ހޯދިފައި ނިވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ ބިޝާރާ ބެހޭ އުލޫމާތެއް ލިބިފައިވާ ނަމަ ޕޮލިސް ކަސްޓަޑީގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރަން އެދިފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: