ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ ތ. ދިޔަމިގިލި އަދި ތ. ވިލުފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ.

ތ. ދިޔަމިގިލި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ރަށުގެ ހުޅަނގުދެކުނު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 205 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް އަދި 392 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ޤާއިމްކުރުން ހިމެނެއެވެ. މިމަޝްރޫއަކީ 23.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 365 ދުވަހެވެ.

މީގެއިތުރުން ތ. ވިލުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ރަށުގެ ދެކުނު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 184 މީޓަރުގެ ރިވެޓްމަންޓާއި 135 މީޓަރުގެ ގްރޮއިން ޤާއިމްކުރުން، އަދި މޫދަށް އެރޭ ސަރަޙައްދެއް ފުންކުރުން ހިމެނިފައިވެއެވެ. 11.1 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ 130 ދުވަހުގެ ތެރޭގައި ނިންމުމަށް ދީފައިވާ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: