ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޫޑަންޓް ލޯނަށް ކުރިމަތިލި ގިނަ ދަރިވަރުން ތަކެއް ވަނީ ޑިސްކޮލިފައިވެފައި

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ، އިބްރާހިމް ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނަށް އެދުމަށް ސަރުކާރުން އެންމެފަހުން ހުޅުވާލި 720 ފުރުސަތުގެ ތެެރެއިން 393 ދަރިވަރަކަށް ލޯނު ދޭން ނިންމައި ވަގުތީ ލިސްޓް އާންމުކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީން ހޯދުމަށް އިއުލާން ކުރެވުނު ލޯން ސްކީމްގެ ވަގުތީ ނަތީޖާ މިނިސްޓަރ އޮފފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާޙިމް ހަސަން މިއަދު އިއުލާން ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން 393 ދަރިވަރަކަށް މަތީ ތައުލީމާއި ތަމްރީނުގެ ލޯނު ސްކީމް މިފަހަރު ފުރުސަތު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

މި ފަހަރު އެންމެ ގިނަ ދަރިވަރުން ކުރިމަތިލީ ޕައިލެޓްކަން ކިޔަވާށެވެ. އެ ދާއިރާ އަށް 10 ޖާގަ ހާއްސަކުރިއިރު، 252 ދަރިވަރުން ވަނީ ލޯނު ހޯދަން އެދިފަ އެވެ. އެހެންވެ، 240 ދަރިވަރުން ޑިސްކޮލިފައިވި އެވެ. އެމްބީބީއެސް ހަދަން ހުޅުވާލި 25 ފުރުސަތަށް 129 ދަރިވަރުން ކުރިމަތިލުމުން އެ ކެޓަގަރީން 104 ދަރިވަރުން ވަނީ ޑިސްކޮލިފައިވި އެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީން ހޯދަން ލޯނަށް އެދުމުގެ ފުރުސަތު ހަޔަރ އެޑިއުކޭޝަނުން އެންމެ ފަހުން ހުޅުވާލާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ.

ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު  ކިޔަވަމުންދާ ދަރިވަރުންނަށް ފުރުސަތު ހުޅުވާލިއެވެ. އަދި ލޯނު އެހީގެ ދަށުން ތައުލީމާއި ތަމްރީން ހޯދުމަށް ކޮންމެ ގައުމަކަށްވެސް ދިއުމުގެ ފުރުސަތުވަނީ އެ ލޯން ސްކީމްގައި ހުޅުވާލާފައެވެ.

އެހެން ނަމަވެސް ލޯނު އެހީގެ ދަށުން ދިނުމަށް ކަނޑައަޅާފައިވަނީ ހުރިހާ ހަރަދެއް ދޭނީ އެކަމަށް ކަނޑައަޅާ އިއުލާންކޮށްފައިވާ ގައުމުތަކަށެވެ. އެނޫން ގައުމެއްގައި ކިޔަވަން ލޯނުދޭނީ އިއުލާން ކޮށްފައިވާ ގައުމުތަކުގެ ތެރެއިން ދަރިވަރު އިހްތިޔާރު ކުރާ ގައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.

މިފަހަރު ލޯން ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ފުރަތަމަ ޑިގްރީ ސްކީމްގައި ކިޔަވަމުންދާ ދަރިވަރުންނަށް އެދަރިވަރުންގެ އެހެނިހެން ހަރަދުތަައް ހަމަޖެއްސުމަށް ސްލޮޓް ކަނޑައަޅައި ހުޅުވާލިއެވެ.

މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ހުޅުވާލީ އެޑްމިނިސްޓްރޭޝަން ފީ ތިން ޕަސެންޓުން އެއް ޕަސެންޓަށް ކުޑަކޮށްފައެވެ.

ލޯނުގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރެވުމާއެކު ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިއަދުންފެށިގެން ހުޅުވާލެވިފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއެވެ.

ވަގުތީ ނަތީޖާ އާއި ގުޅޭ ގޮތުން ޝަކުވާއެއް ވާނަމަ ހުށައަޅާނީ  loan2022@mohe.gov.mv  އަށް އީމެއިލް އަށެވެ.

ޝަކުވާ ހުށައެޅުމުގެ ސުންގަޑިއަކީ  މި މެއި މަހުގެ 24 ވަނަ ދުވަހުގެ 14:00 އަށެވެ.

ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: