ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިވަރަކު ސްކޫލަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައެއް ތަހުގީގު ކުރަނީ!

ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތެއްގެ ތެރެއިން / ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. އަތޮޅުގެ ރަށެއްގައި ދަރިވަރަކު ސްކޫލަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ސްކޫލު ދަރިވަރުންތަކެއް މަސްތުވާތަކެތި ގެންގުޅުނުކަމުގެ ރިޕޯޓު ލިބިފައިވޭތޯ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލެ އަތޮޅުގައި ސްކޫލަށް ކުއްޖަކު މަސްތުވާތަކެތި ގެންދިޔަކަމުގެ ރިޕޯޓު މިއަދު 11:30 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށް، ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނެނީ 18 އަހަރުން ދަށުގެ ކުއްޖެއްކަމުން، މިއީ ކޮން ސްކޫލެއްގައި ދިމާވިކަމެއްކަން ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓަރީގެ ބަހެއް އަދި ނުލިބެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: