ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އަނދުން ހުސައިނާއި ބެހޭގޮތުން ދެއްކެވި ވާހަކަ ބަލަން މަޖިލީހުން ނިންމައިފި

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އަށް ނަޝީދު ކުރެއްވި ތުހުމަތުތައް ބަލަން ރައްޔިތުން މަޖިލީހުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވުމަށް ސަރުކާރަށް ވާގިވެރިވާ ކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް އަށް ނަޝީދު ކުރެއްވި ތުހުމަތުތައް ބަލަން ރައްޔިތުން މަޖިލީހުގެ އިމްތިޔާޒް ކޮމެޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ އިމްތިޔާޒް ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ތެރެއިން އެމައްސަލަ ބަލަން އިއުތިރާޒް ކުރެއްވީ އެންމެ މެންބަރެކެވެ. އެއީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއެވެ. ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެމްޑީޕީގެ ބާކީތިބި ހުރިހާ މެމްބަރުން އެމައްސަލަ ބަލަން ތާއީދު ކުރައްވާފައެވެ. އެމްޑީޕީގެ މެންބަރުންގެ އިތުރުން ޕީއެންސީގެ މެންބަރު އާދަމް ޝަރީފް އުމަރާއި މިނިވަން މެންބަރު ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ވެސް ތާއީދު ކުރެއްވީ މައްސަލަ ބެލުމަށެވެ.

ރައީސް ނަޝީދުގެ މައްސަލަ ބަލައި ދިނުން އެދި އަނދުން ހުސެއިން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ބޮމުގެ ހަމަލާގެ ފަހަތުގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ދޭހަވާ ގޮތަށް އަސާސެއް ނެތް ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރައްވާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހައްގުތަކާއި އިމްތިޔާޒްތަކަށް އުނިކަން އައިސްފައިވާ ކަމަށެވެ.

އެ މައްސަލައިިގެ ގޮތުން ނަޝީދުގެ ތުހުމަތާ އެކު ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނާއި އަނދުން ހުސެއިންގެ އަތުގައި ނަޝދުގެ ލޭ ހޭކިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ބައެއް މުއައްޒަފުންނާއި މަޖިލިސް މެމްބަރުން ގުޅިގެން ހަދާފައިވާ ވަޓްސެޕް ގްރޫޕެއްގަ އެވެ.

އެ މައްސަލައިގައި ވާހަކަ ދައްކަވަމުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ގެ ވާހަކަ ފުޅުގައި ވަޓްސްއެޕް ގްރޫޕްގައި އޭނާ ލިއުއްވި މެސެޖްތަކެއް ސޯސަލް މީޑިއާގައި ހިއްސާ ކުރައްވައި އޭނާ ވަނީ ވަޓްސްއެޕް ގުރޫޕުން ބޭރުކޮށްލާފައި ކަމަށެވެ. އަދި ވަޓްސްއެޕް ގްރޫޕްގައި މައްސަލަ އެއް ހިނގާނަމަ އެކަން ބެލެންޖެހޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

މުހައްމަދު ނަޝީދު އަބްދުﷲ ގެ ވާހަކަފުޅުގައި ވަޓްސްއެޕް ގުރޫޕަކީ ހަމައެކަނި މަޖިލިސް ރައީސް ބޭނުންވާގޮތަށް ކަންކުރަން އިންނަ ގުރޫޕެއް ނޫން ކަމުގައި ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެމައްސަލަ ވީއެންމެ އަވަހަކަށް ބެލުމަށް އޭނާ ގޮވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: