ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާގެ ޝަރީއަތްތައް އޮބްޒާވް ކުރުމުގެ ހުއްދަ ރައީސް ނަޝީދުގެ ވަކީލުންނަށް ދީފި

އައިއީޑީއެއް ގޮއްވާލައި ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތައް ލިބުނު: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީއެއް ގޮއްވާލައި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް ހިނގާ ގޮތުން ބަލަން އެމަނިކުފާނުގެ ފަރާތުން ހަމަޖައްސާ އޮބްޒާވަރުންނަށް ފުރުސަތު ދިނުމަށް ދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ބޮމުގެ ހަމަލާގެ ކަންކަން ބެލުމަށް ރައީސް ނަޝީދުގެ ފަރާތުން ހަމަޖައްސާފައިވާ އެމަނުކުފާނުގެ ކޮކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހުށަހެޅި މައްސަލައިގައި ވަނީ ޝަރީއަތް ހިނގާ ގޮތުން ބެލުމަށް މަދުވެގެން ދެ އޮބްޒާވަރުންނަށް ފުރުސަތު ދޭން އެދޭ ކަމަށެވެ.

އޮބްޒާވަރުންގެ ގޮތުގައި ހުށަހެޅި ނިންތަކުގައި ހިމެނެނީ ދިވެހި ތިން ވަކީލަކާއި، އަދި ރައީސް ނަޝީދު އައްޔަނު ކުރެއްވި އިނގިރޭސިވިލާތުގެ ވަކީލެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް އަހަރެއްވީ އިރު ވެސް މައްސަލައިގެ ތަހުގީގުތައް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުގެންދެވޭކަމުގެ ކަންބޮޑުވުން އެބައޮތެވެ. ސެކިއުރިޓީ ބްރީޗްގެ ތުހުމަތުތަކާއި އެކު، ރައީސް ނަޝީދާއި އަރިސް މެމްބަރުން ވަނީ ސަރުކާރުން މައްސަލައިގެ ތެރެއަށް ނުފޫޒުތަކެއް ފޯރުވައި މަޑުޖައްސާލަން މަސަައްކަތް ކުރަކަމުގެ ތުހުމަތުތަކެއްކޮށްފަ އެވެ.

އަދި ހަމަލާގެ ބައިވެރިވިކަމުގެ ތުހުމަތަށް ހައްޔަރު ކުރި އެކެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމުމާއި، ޝަރީއަތް ކުރިޔަށް ގެންދާ އަބްދުﷲ އަލިމަނިކު ޓެރަރިޒަމް މައްސަލައެއްގެ 10 އަހަރުގެ ޖަލު ހުކުމަށް މި ސަރުކާރުން މައާފު ދިނީ ކާކުގެ ނުފޫޒުންތޯ ސުވާލު އުފެއްދި އެވެ.

ޝަރީއަތްތައް ކުރިޔަށް ދާ ގޮތް ވީހާވެސް ގާތުން ބެލުމަށް ހުށަހެޅި، ހުށަހެޅުމަށް ކްރިމިނަލް ކޯޓުން ޖަވާބެއް ދެއްވާފައިވާތީ މައުލޫމާތު ހިއްސާކޮށް ނާޒިމް ވިދާޅުވީ މާދަމާއިން ފެށިގެން މައްސަލައިގެ އަޑުއެހުންތަކަށް ބަނުމުގެ ހުއްދަ އެމަނިކުފާނުގެ ވަކީލުންނަށް ދީފައިވާކަމަށެވެ.

ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ތާވަލު ކުރާ ޝެޑިއުލްގައި ވާގޮތުން މާދަމާގެ ހެނދުނު 09:00 އަށް ހަމަލާއާއި ގުޅޭ ދެ މައްސަލައެއްގެ ޝަރީއަތް ވަނީ ތާވަލުކޮށްފަ އެވެ.

ރައީސް ނަޝީދު އަވަހާރަށްކޮށްލަން ދިން ޓެރަރިޒަމްގެ ހަމަލާގެ ޝަރީއަތްތައް އަހަރު ނިމުމުގެ ކުރިން ހުކުމާއި ހަމައަށް ދެވޭނެކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ނަމަވެސް ހުކުމެއް އައި ހަމައެކަނި މީހަކީ އަވަސް ނިޔާގެ ދަށުން އަދުހަމް އަހުމަދު ރަޝީދެވެ. ދައުލަތާއި އެކު އެކުލަވާލި އިއުތިރާފު އެއްބަސްވުމެއްގެ ސަބަބުން އޭނާގެ މައްޗަށް އައީ 23 އަހަރުގެ ހުކުމެކެވެ.

މި އެއްބަސްވުން އެކުލަވާ ނުލި ނަމަ އޭނާގެ މައްޗަށް އަންނާނެ ހުކުމް 32 އަހަރަށްވުރެ މަތިވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: