ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމުގައި ހުރީ އެއްވެސް ކަމެއް ނުކުރެވި ހޮޅި ވާހަކަ ދައްކާ މީހެއް: ޣައްސާން

އިދިކޮޅު ޕީޕީއެމުން ބޭއްވި ޖަލްސާގައި ޣައްސާން ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރަން އެގޭ މީހުންނާއި ނޭގޭ މީހުން ރައްޔިތުންނަށް ސާފުކަމަށާއި ވެރިކަމަށް އައި ކަމެއް ނުކޮށް ތަރައްގީއަށް ހުރަސް އަޅާ ތަރައްގީ ގެންނަށް ނޭގޭ ހޮޅި ވާހަކަ ދައްކާ މީހުން ރައްޔިތުންނަށް އެގޭކަމަށް ވިދާޅުވެ ތ.ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ ވެރިކަން ކުރަން އެނގޭ މީހުންނާއި ވެރިކަމަށް އައިސް ކަމެއް ނުކޮށް ހޮޅި ވާހަކަ ދައްކާ މީހުން މިހާރު ރައްޔިތުންނަށް އެނގޭ ކަމަށެވެ. ގައުމު އޮތީ ވާނުވާގައި ކަމަށާއި މިނިވަން ބަހުސާއި މިނިވަން ހިޔާލު ފާޅުކުރުމާއި އިންސާފުގެ ވާހަކަދެއްކި މީހުންގެ ހަނދާނުގައި މިހާރު އެވާހަކަ ދެއްކި ހަނދާން ވެސް ނެތް ކަމަށް ޣައްސާން ވިދާޅުވިއެވެ.

ބޮޑު މަޝްރޫއެއް ހިންގަން މިހާރު ވެރިކަމުގައި ތިބި މީހުންނަށް ނޭނގޭ ކަމަށާއި ގައުމުގެ ހާލަތާއި ގުޅޭ ގޮތުން ތަޖުރިބާކާރުން ދެމުން އަންނަ ލަފާތައް ވެސް މިސަރުކާރުން ގަބޫލު ނުކުރައްވާ ކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވަނީ ސިނަމާލެ ބްރިޖު ފަސް އަހަރު ދުވަހުގެ ތެރޭގައި ނިންމައި ބޭނުން ކުރެވޭނެ ކަމަށް ހީފުޅު ކުރެއްވީ ކާކުތޯ ސުވާލު ކުރައްވާފައެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހި ތިން ހަފްތާއިން ހިއްކައި، އެތަނުގައި 25 ބުރީގެ ޓަވަރުތަކެއް އަޅުއްވައި ދަރުމަވަންތަ ހޮސްޕިޓަލް ބިނާ ކުރައްވާ، ރާއްޖޭގެ އުތުރުން ދެކުނަށް ބަނދަރު ހެދުމާއި ތަރައްގީގެ އެތައް މަޝްރޫއެއް ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގޭނެ ކަމަށް ގަބޫލު ކުރެއްވީ ކާކުތޯ ޣައްސާން ސުވާލު ކުރެއްވިއެވެ. އެކަން ބަޔަކަށް ގަބޫލު ނުކުރިޔަސް އެމަޝްރޫއުތައް އެހުރީ ފެންނަން ކަމަށް ޣައްސާން ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތައް އިތުރު 1000 މީހުން ގެނެސް މުއްދަތައް ބުރިޖުގެ މަސައްކަތް ނިންމޭނެ ކަމުގެ ޔަގީންކަން ދިން ނަމަވެސް އެކަން ގަބޫލު ކުރާނީ ކާކުތޯ ޣައްސާން ސުވާލު ކުރެއްވިއެވެ.

މިކަމަށް ފާޑު ވިދާޅުވެ ތަރައްގީ ގެނެވެނީ މަސައްކަތް ކުރާނެ އަތްތަށް ގިނަވެގެން ނޫންކަމަށް ވިދާޅުވެ އޭނާ މިސާލު ދެއްކެވީ ރައީސް ސޯލިހުގެ ސަރުކާރުންނެވެ. ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި ވެސް މީހުން މަދު ނޫން ކަމަށާއި ނަމަވެސް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭ ކަމުގައި ވިދާޅުވިއެވެ. އަދި ތަރައްގީ ގެނެވޭނީ ކަން ކުރަން ދަންނަ ވައްޓަފާޅި އިގޭ ވެރިން އިންތިހާބު ކޮށްގެންކަމުގައި ވިދާޅުވެ އޭނާ އިޝާރާތް ކުރެއްވީ ރައިސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ.

މިހާރު ގައުމު މިއޮތް ނިކަމެތިކަމުން ސަލާމަތްކޯށް ތަރައްގީއަށް މިސްރާބު އަބުރާލަން ޖެހޭކަމަށާއި މިކަން ކުރެވޭނީ އެނެއްކަވެސް ރައީސް ޔާމީން 2023 ގައި ހޮއްވަވައިގެންކަމަށް ޢައްސާން ވިދާޅުވިއެވެ.

ވާހަކައިގައި އިތުރަށް އޭނާ ސުާލުއުފެއްދެވީ ބޮޑެތި ގައުމުތަކުގެ ތެރެއިން ކުޑަ ނިކަމެތި ގައުމަކަށް މުގާބިލުގަ ކަންތައްތކެއް ބޭނުންނެވެ އެހީވާ ގައުމެއް އެބަ އޮތްތޯއެވެ. އަނިޔާވެރިކަމުގެ ހައްދަކީ ރައްޔިތުންގެ ކެތްތެރިކަންކަމާއި އެންމެ އެކަތިގަނޑެއްހެން ނިކުމެއްޖެނަމަ ހައްޔަރު ކޮށްފަ ލާނެ ގޮޅި އާއި ޖަލު މަދުވާހާ ރާއްޖޭގައި އަނިޔާވެރިންނާއި ކުށްވެރިން ގިނަކަމުގައި ޢައްސާނުގެ ވާހަކައިގައި ދައްކުވާދިނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: