ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުން މީޑިއާތަކަށް ނާންގައި ސިއްރުން ގެންދަން ނިންމީ ފައްޔާޒް“

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މުހިންމު ނިންމުންތަކެއް ފާސްކޮށް، މަޝްވަރާތަކެއް ކުރެވުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމާއި ބެހޭ އެއްވެސް މައުލޫމާތެއް މީޑިއާތަކަށް ނުދީ ސިއްރުން ގެންދަން ނިންމީ ޕާޓީ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްކަމަށް ތުހުމަތުތަކެއް ކުރެވިއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ފަހު، ޕާޓީގެ އެތެރެ ފިނިކޮށް އޮތުމަށް ފަހު އަނެއްކާވެސް މަޖިލީހުގައި މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުން ވަނީ އުފެދިފަ އެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ހުށަހަޅާ އިސްލާހުތަކާއި، ކޮމިޓީގެ ރިޕޯޓުތައް އަދި އިދިކޮޅުން މަޖިލީހަށް ވައްދާ މައްސަލަތަކާއި ޕާލިމަންޓް ގްރޫޕުގެ މެމްބަރުން ވޯޓު ދިނުމުގައި ތްރީލައިން ވިޕް ނެރުނު މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރު މައްސަލައިގައި މަޖިލީހުގައި ކުރި ބަހުސްގައި ބަހުގެ ހަމަލާތައް ފައްޔާޒަށް ބައެއް މެމްބަރުން އަމާޒު ކުރި އެވެ. އޭގެ ތެރޭގައި އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުން އެމްޑީޕީގެ އަމިއްލަ ދަފްތަރުން 40،000 މެމްބަރުންގެ ނަން އުނިކުރުމަށް ނިންމި މައްސަލަ ފާހަގަ ކުރެވެ އެވެ. އަދި މި ބައްދަލުވުމުގައި އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތާރީހު ފަސް ކުރިކަން ވެސް ފާހަގަ ކުރެވެ އެވެ.

މީގެކުރިން ގައުމީ މަޖިލީހުގެ ބައްދަލުވުންތައް ބާއްވާއިރު، ރާއްޖޭގެ މެއިން ސްޓްރީމް މީޑިއާތަކަށް ދައުވަތު އަރުވަ އެވެ. އަދި “ސަންގު ޓީވީ” އިން ވެސް ހުރިހާ ޖަލްސާއެއް ލައިވް ކުރާއިރު އެންމެ ފަހުން ބޭއްވި ބައްދަލުވުމަށް އެއްވެސް ދައުވަތެއް ނުލިބެ އެވެ. އަދި ޕާޓީގެ އެޑްމިނިސްޓްރޭޓިވްއިން އެ މައުލޫމާތު ވެސް ދީފައިނުވާއިރު ކުއްލިއަކަށް މީޑިއާތަކަށް އެކަން އެނގުނީ ބައްދަލުވުމަށް ކުޑަތަންވެފައި ވަނިކޮށެވެ.

މައްސަލައިގައި މިއަދުގެ ޖަލްސާގައި ދިއްގަރު ދާއިރާގެ މެމްބަރު ވިދާޅުވީ، ޖަލްސާގެ އެއްވެސް މައުލޫމާތެއް މީޑިއާތަކަށް ނުދިނީ އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ހިނގި ކަންކަމަށް ބަލައިކަމަށެވެ. ހަމައެކަނި ސަންގުޓީވީން ލައިވް ކުރި އެ ބައްދަލުވުމަކީ އެތެރޭގެ އިންތިހާބު ފަސް ކުރުމާއި މެދު ގޮތެއް ނިންމަން ބޭއްވި ބައްދަލުވުމަށްވާއިރު މެމްބަރުންގެ މެދުގައި ހަޑިހުތުރު ބަސްތައް ބޭނުންކޮށް މުޅި ޖަލްސާ އެއްކޮށް ހޫނުވި އެވެ.

ޖަލްސާގެ ބައެއް މަންޒަރުތަކުގެ ވީޑިއޯތަކާއި އެކު އާއްމުން ކަންބޮޑުވުންފާޅު ކުރި އެވެ.

ދިއްގަރު ދާއިރާގެ މެންބަރު ވިދާޅުވީ ޖަލްސާ ލައިވް ނުކުރަން ނިންމެވީ އަލަށް ހޮވިވަޑައިގެން ޗެއާޕާސަން އިގްތިސާދީ ވަޒީރު ފައްޔާޒްކަމަށާއި އެއީ ކުރީގައި ބޭއްވި ޖަލްސާ ލައިވް ކުރުމުން ފެނިގެންދިޔަ މަންޒަރުތަކުގެ ސަބަބުންކަމަށެވެ.

އެވާހަކަ ދޮގުކޮށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ މޭ މަހުގެ 29 ވަނަ ދުވަހުގެރޭ އެމްޑީޕީގެ ގައުމީ މަޖިލީސް ބޭއްވީ ސިއްރުން ނޫންކަމަށާއި އެއީ ސިއްރު ބައްދަލުވުމެއް ނޫންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: