ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޝަނުގެ އިސްވެރިން ވަކީލު ޝަކީލާއި ބައްދަލު ކުރި ވާހަކަ ޖޭއެސީން ދޮގުކޮށްފި!

ޖޭއެސްސީގެ ރައީސް ހިސާން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަށް މަގާމުގެ ފަތް ކޮޅު ދެއްވަނީޅ ފޮޓޯ ޖޭއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތާ ހަވާލުވެ ހުންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ބައްދަލުކުރެއްވި ކަމަށް ބުނާ ވާހަކަތައް ޖޭއެސްސީން ދޮގުކޮށްފިއެވެ.

ދަންވަރު ވަގުތެއްގައި ގާޒީ ޝަކީލް ޖޭއެސްސީއަށް ގެންދަވާ، ޖޭއެސްސީގެ ރައީސް ކަމުގައި ހުންނެވި މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާންގެ އިތުރުން ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތާއި ވެސް ބައްދަލުކުރައްވާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޖޭއެސްސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ކުރީގެ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ އާއި ހިސާން އާއި ރިފްއަތު ބައްދަލުކުރެއްވި ކަމަށް ބުނެ ޓްވީޓް ކުރި މީޑިއާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ.

ޖޭއެސްސީން ކޮށްފައިވާ ޓްވީޓުގައި އިތުރަށް ވަނީ އެ ކޮމިޝަނުގެ އަގު ވައްޓާލުމަށް އިތުބާރު ނުހިފޭ ދޮގު ފަތުރާކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: