ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗަށް ވަންނަ އިރު މާސްކު އަޅަން ޖެހޭނެ!

އައިޖީއެމް ހޮސްޕިޓަލް...
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގައި ކޮވިޑް19ގެ ކޭސްތައް ފެންނަ އަދަދު އިތުރުވާން ފެށުމާ ގުޅިގެން އައިޖީއެމްއެޗްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

ކޮވިޑް19ގެ ކޭސްތައް ފެންނަ އަދަދު އިތުރުވާން ފެށުމާ ގުޅިގެން އައިޖީއެމްއެޗުން ނެރިފައިވާ ބަޔާނުގައި ބުނެފައިވާގޮތުން، ކޮވިޑް19 އަށް ޕޮޒިޓިވްވާ ރައްޔިތުންގެ އަދަދު އިތުރުވަމުންދިއުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާޒްކޮށްފައިއެވެ. އެހެންކަމުން ހޮސްޕިޓަލުގައި އަމަލުކުރަމުންދާ ރައްކައުތެރިކަމުގެ އުސޫލުތައް ވަރުގަދަކޮށްފައިވާކަމަށް އައިޖީއެމްއެޗްއިން ނެރިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އައިޖީއެމްއެޗުން ނެރިފައިވާ ބަޔާނުގައި ބުނެފައިވާގޮތުން، ހޮސްޕިޓަލަށްދާ ޕޭޝަންޓުންނާއި، އެކުގައި ދާ ފަރާތްތަކުގެ އިތުރުން އެހެނިހެން ބޭނުންތަކުގައި ހޮސްޕިޓަލަށް ޒިޔާރަތްކުރާ ފަރާތްތައްވެސް، ހޮސްޕިޓަލުގެ އިމުތެރެއަށް ވަންނައިރު، މާސްކު އަޅަން ޖެހޭނެއެވެ. އަދި ކޮވިޑް ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެންމެހާ ބޭފުޅުންވެސް ބައިވެރިވެ އެއްބާރުލުން ދިނުމަށް އައިޖީއެމްއެޗުން އެދިފައިވެއެވެ.

ކޮވިޑް19ގެ ކޭސްތައް އިތުރުވަމުންދިއުމާއި ގުޅިގެން ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށް ބުނެ އައިޖީއެމްއެޗުން ބަޔާނެއް ނެރިފައިވާ އިރު، އެޗްޕީއޭއިންވެސް ވަނީ ކޮވިޑް19 ގެ ކޭސްތައް ފެނިގެންދާ އަދަދުތައް ގިނަވަމުންދިއުމާއި ގުޅިގެން ބަޔާނެއް ނެރިފައިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވާގޮތުން، ބުނެފައިވަނީ ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައި އޮތުމަށް ފަހު އަނެއްކާވެސް ދިވެހި ރާއްޖޭގައި އެ ބަލީގެ އަލާމާތްތައް ފެންނަ މިންގަނޑު ގިނަވެފައިވާތީ ރައްކާތެރި ވުމަށް އިލްތިމާޒް ކުރާކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ދާން ފަށާފައިވުމާއި ގުޅިގެން ރައްކައުތެރިވުމުގެ ގޮތުން އެޗްޕީއޭއިން އަޅަން ބުނެފައިވާ ފިޔަވަޅުތަކަކީ، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް އެހެން މީހުންނާ އެކަހެރިވެ ޓެސްޓް ކުރުމާއި، ބަލީލީގެ އަލާމާތްތައް ހުރި މީހުން އަދި ބަލީގެ ސަބަބުން ނުރައްކާވެދާނެ މީހުންނާއި އެފަދަ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ޒިޔާރަތްކުރާއިރު މާސްކު އެޅުން ފަދަ ފިޔަވަޅުތަކެވެ.

މީގެ އިތުރުންވެސް ރައްކައުތެރިވުމަށް ފިޔަވަޅުތައް ހިމަނައި އެޗްޕީއޭއިން ނެރިފައިވާ ބަޔާނުގައި ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުވާ މީހުން ވެކްސިން ފުރިހަމަ ކުރުމަށްވެސް އިލްތިމާޒް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: