ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުމާއި ރޯގާ ފެތުރޭ މިންގަންވަރު އިތުރުވެއްޖެ!

އައިޖީއެމް ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގައި ހުމާއި ރޯގާ ފެތުރޭ މިންވަރު އިތުރުވެ، ބަލިމީހުންގެ އަދަދުތައް މައްޗަށް ދިއުމާއި ގުޅިގެން އައިޖީއެމްއެޗްއިން ފުލޫ ކްލިނިކެއް ހުޅުވައިފިއެވެ.

ހުމާއި ރޯގާ ފެތުރޭ ރޭޓު މައްޗަށް ގޮސް، ބަލި މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން އައިޖީއެމްއެޗްއިން އާންމުކޮށްފައިވާ ބަޔާނެއްގައި ވާގޮތުން، އެ ހޮސްޕިޓަލުންވަނީ، މި ހާލަތާއި ގުޅިގެން ޖޫން މަހުގެ 23 ވަނަ ދުވަހުން ފެށިގެން ފުލޫ ކްލިނިކެއް ގާއިމުކޮށް ހިދުމަތްތައް ދޭން ފަށާފައެވެ.

https://twitter.com/igmhmv/status/1540334077693554688/photo/1

ޖޫން މަހުގެ 23 ވަނަ ދުވަހުން ފެށިގެން ފުލޫ ކްލިނިކެއް ގާއިމުކޮށްފައިވާކަމަށްބުނެ، އައިޖީއެމްއެޗް އިން ނެރިފައިވާ ބަޔާނުގައި ވާގޮތުން، އެ ކުލިނިކްގެ ހިދުމަތްތައް ލިބެން ހުންނާނީ ހެނދުނު 8:00 އާއި ރޭގަނޑު 23:00 ދެމެދުއެވެ.

އައިޖީއެމްއެޗްއިން، ފުލޫ ކްލިނިކެއް ހުޅުވައިފިކަމަށް ބުނެ ބަޔާނެއް ނެރިފައިވާއިރު، ދިވެހި ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިންވެސް ވަނީ، ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ، ސަމާލުވުމަށް އެދި ބަޔާނެއް ނެރިފައެވެ. އެޗްޕީއޭގެ ބަޔާނުގައި އެ މުއައްސަސާއިންވަނީ، ކޮވިޑާއި ގުޅީގެން ކުރިންވެސް އެޅި، މާސްކު ބޭނުން ކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް އިލްތިމާޒްކޮށްފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: