ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވްޔަންކާ ރާއްޖެ އައިސްފި

ދިވްޔަންކާ އާއި ވިވެކް ވަނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއައިސްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ މަޝްހޫރު ޓީވީ ސީރީސް ފަންނާނުން ކަމުގައިވާ ދިވްޔަންކާ ތުރިޕާތީ އާއި އޭނާގެ ފިރިމީހާ ވިވެކް ދަހިޔާ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފިއެވެ.

ދިވްޔަންކާ ރާއްޖެ އައިސްފައިވަނީ އޭނާގެ ކައިވެންނަށް ހަ އަހަރުފުރުމާއި ގުޅިގެންނެވެ. އެދެމަފިރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން  ދަނީ އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ގަ އެވެ.

ޔޭހޭ މޮހޮއްބަތޭން އިން ބެލުންތެރިންގެ މަގުބޫލު ކަން ހޯދާފައިވާ ދިވްޔަންކާ އާއި އޭނާގެ ފިރިމީހާ ވިވެކް ވަނީ ރާއްޖޭގައި އޭނާ ޗުއްޓީ ހޭދަކުރަމުންދާ އުފާވެރި މަންޒަރުތައް އިންސްޓަރގްރާމް މެދުވެރިކޮށް އޭނާގެ ފޭނުންނާއި ހިއްސާކޮށްފައެވެ

މީގެ ހަތަރު އަހަރު ކުރިން ވެސް އޭނާ ވަނީ ރާއްޖެ އަިސްފައެވެ. އެދެމީހުން ކައިވެނި ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު އެވެ.

ދިވްޔަންކާ ކުޅެފައިވާ ސީރީސް ތަކުގެ ތެރޭގައި ތޭރީ މޭރީ ލަވް ސްޓޯރީސް އާއި ބަނޫ މޭ ތޭރީ ދުލްހަން އާއި އިންތިޒާރު ހިމެނެއެވެ. އަދި ވިވެކް ކުޅެފައިވާ ސީރީސް ގެ ތެރެއިން ގަޔާމަތު ކީ ރާތާއި ކަވަޗް އަކީ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ސީރީސްއެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: