ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެޓްރީނާގެ އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖެ އައިސްފި

ވިކީ ކައުޝަލް އާއި ކެޓްރީނާ ކައިފް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް ރާއްޖެ އައިސްފިއެވެ. އެދެތަރިން ރާއްޖެ އައިސްފައިވަނީ ކެޓްރީނާގެ އުފަންދުވަސް ފާހަގަކުރުމަށެވެ.

ކެޓްރީނާގެ އުފަންދުވަހަކީ ޖުލައި މަހުގެ 16 ވަނަ ދުވަހެވެ.

ކެޓްރީނާ އާއި ވިކީ އާ އެކު ވިކީގެ ކޮއްކޮ ސަނީ ކައުޝަލް، ޝަރުވަރީ ވާގް، މިނީ މަތޫރު އަދި ކަބީރު ހާން ވެސް ވަނީ ރާއްޖެ އައިސްފައެވެ.

މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ކެޓްރީނާ ވަނީ ރާއްޖެ އައިސްފައެވެ.

ކެޓްރީނާ އާއި ވިކީ ކައިވެނިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: