ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަކީ ޝައިތޯނާ: ލަންކާ ރައްޔިތުން

ރައީސް ނަޝީދު އަދި ރައީސް ގޯޓަބަޔާ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ކުރީގެ ރައީސް ގޯޓަބަޔާއަށް ލަންކާއިން ފިއްލަވައިގެން ރާއްޖެވަޑައިގެން ރާއްޖެއިން، ސިންގަޕޫރަށް ފުރާވަޑައިގަތުމަށް އެހީވެފައިވާކަމުގެ ފާޑުކިޔުންތައް އަމާޒުކޮށް، ސްރީލަންކާގެ ރައްޔިތުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެގައުމަށް ނޭރުމަށް އިންޒާރުތަކެއް ދީފިއެވެ.

ރައީސް ނަޝީދު، ގޯޓަބަޔާ ރާޖަޕަކްސާ، ރާއްޖެއިން ސިންގަޕޫރަށް ފުރާވަޑައިގަތުމާއި އެކު، ހަނުހުންނެވުން ދޫކޮށްލަވައި، ގޯޓަބަޔާގެ ފިއްލެވުން ދިފާއުކުރްވާ، ވާހަކަދެއްކެވެމުން، ޓްވީޓަރގައި އެ މަނިކުފާނުގެ ޕޯސްޓަށް ކޮމެންޓު ކުރި ރައްޔިތަކުވަނީ އެ މަނިކުފާނު ދެން ލަންކާއިން ފެނިއްޖެނަމަ، ޖަމްރާއަށް ގާ އުކާ ފަދައިން، ރަޖަމްކުރާނެކަމަށް ބުނެފައިއެވެ.

ސްރީލަންކާގެ ރައްޔިތުންވަނީ ރައީސް ނަޝީދަށް ގިނަ ފާޑުކިޔުންތައް އާމާޒުކޮށްފައިއެވެ. އެގޮތުން، ރާއްޖެއިން ހުދުމުހުތާރު ވެރިކަމެއް ނައްތާލުމުމުގެ ނަމުގައި ވެރިކަން ހޯއްދަވަން މަސައްކަތްކުރެއްވި ފަރާތަކުން، އެހެން ގައުމެއްގައި ހުދުމުހުތާރު އާއިލީ ވެރިކަމެއް ކުރަމުންދިޔަ ފަރާތަކަށް އެވަރަށް ތާއީދު ކުރެއްވުމަކީ، ރައީސް ނަޝީދުގެ ބަހާއި އަމާލާއި ދިމާނުވާކަމުގެ ހެއްކެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ރައީސް ނަޝީދަށް އަމާޒުކުރެއްވި ފާޑުކިޔުންތަކުގައި، އެ މަނިކުފާނަށް ސްރީލަންކާއިން ވެދިން ހެޔޮވެސް ބަލައިގަނެފައިނުވާކަމަށް ދޭހަވާ މޭރުމަކުންވެސް ބައެއް ފަރާތްތަކުންވަނީ ސިފަ ކުރައްވާފައިއެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނާގޮތުން، ދެވަނަ ފަހަރަކަށް ސްރީލަންކާއިން އެ މަނިކުފާނު ހިމާޔަތް ހޯއްދުމާއިމެދު ރަނގަޅަށް ވިސްނަން ޖެހޭނެކަމަށެވެ. އަދި ރައީސް ނަޝީދުގެ ގިނަ ރައްޓެހިންވެސް ސްރީލަންކާގައި ތިބޭނެކަމަށް ފާހަގަކުރައްވާ ބުނެފައިވަނީ އެހެން ނަމަވެސް އެ މަނިކުފާނުވަނީ އެ ފަރާތްތަކަށްވެސް ހިޔާނާތްތެރިވެފައިކަމަށެވެ.

މީގެ އިތުރުން، ބައެއް ފަރާތްތަކުން ވަނީ، ގޯޓަބަޔާ އެނާގެ ފުރާނައަށް ނުރައްކާވެފައިވާ ހާލަތެއްގައި ނެތްނަމަ އިސްތިއުފާ ނުދެއްވާކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށްވެސް ރައްދުދީފައިއެވެ. އެގޮތުން ގައުމުގެ މާލީ ހާލަތާއި އިގްތިސޯދު ފުންޑުފުނޑުވެގެންދިއުމުގެ ޒިންމާ އެޅެނީ ރައީސް ގޯޓަބަޔާގެ ބޮލުގައި ކަމަށް ފާހަގަކޮށް، އެކަމުގެ ސަބަބުން ތަހައްމަލު ކުރަންޖެހުން ތަދުމަޑުކަމާއި ފެތުރިގެންދިޔަ ބަލިމަޑުކަމުގެ ސަބަބުން މަރުވެގެންދިޔަ މީހުންގެ ފުރާނަތައް ކޮބައިތޯވެސް ބައެއް ފަރާތްތަކުން ރައީސް ނަޝީދާއި ސުވާލުކުރިއެވެ.

ލަންކާގެ ކުރީގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާވަނީ އެގައުމުން ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު، ރައްޔިތުންގެ ކުރިމަތިވި ނުރުހުންތަކާއި ގުޅިގެން ރާއްޖެ ދޫކުރައްވާ ސިންގަޕޫރަށް ވަޑައިގެންފައިއެވެ. ގޯޓަބަޔާ ރާއްޖޭގައި ހުންނެވި އިރު، ދިވެހި ސަރުކާރުން ހަނުހުރެފައިވާއިރު، އެނާ ފުރާވަޑައިގަތުމުން ފޮރިން މިނިސްޓްރީންވަނީ ބަޔާނެއް ނެރި، ފިއްލަވައިގެން ރާއްޖެ ވަޑައިގަތް ރައީސް ގޯޓަބަޔާއަށް ޑިޕްލޮމެޓިކް ކްލިއަރެންސް ދީފައިވާކަމަށް ބުނެފައިއެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 2%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 2%ވަރަށް ދެރަ 70%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ރީނދޫ ޚުދުމުޚުތާރު ސަރުކާރުގެ ސަބަބުން ބޭރު ގައުމުތަކުގައި ވެސް ރާއްޖޭ އަގު މުޅިން ވެއްޓި ހަފުސް ވެއްޖެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: