ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަށް ގެންދާނީ، މަސައްކަތްތެރިންގެ އަޑުއަހައިގެން: ރައީސް

ފަތުރުވެރިކަމަށް 50 އަަަަހަރު ފުރުން ފާހަގަކުރުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ޞިނާޢަތުގެ ކުރިއެރުމަށް ކުރާ މަސައްކަތުގައި ސަރުކާރުން ބައިވެރިވާނެކަމަށާއި، އެކަމުގައި ކުރިއަށް ދާނީ އެ ޞިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަޑު އައްސަވައިގެންކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ޓޫރިސްޓް ރިޒޯޓު ކުރުނބާ މޯލްޑިވްސްގަައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ފަރާތުން ކުރިއަށް ގެންދިޔަ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ، ޞިނާޢަތަށް 50 އަހަރުފުރުމުގެ މުނާސަބަތުގެ އެވޯޑު ޙަފްލާގައި ވާހަކަދައްކަވަމުން ރައީސު ސާލިހު ވިދާޅުވީ ކޮންމެ ޤައުމަކަށްވެސް އަމާންކަމުގެ އައްސޭރިއަށް ދެވޭނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ދިވެހިރާއްޖެ ދަމަހައްޓަމުން އަންނަ މަޤާމުގައި ދެމިއޮތުމުގައި، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރެއްވި ބޭފުޅުންގެ ވަރުގަދަ ޢަޒުމާއި ކުރެއްވި ބުރަ މަސައްކަތްވާކަން ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ، އެ ސިނާއަތު އިތުރަށް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ސަރުކާރުން ޝާމިލުވާނެކަމަށާއި، އެކަމުގައި ކުރިއަށް ދާނީ އެ ޞިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަޑު އައްސަވައިގެންކަމަށްވެސް ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.

އަމާޒެއް އޮވެ، ހުރަސްތައް ގިރާކުރައްވަމުން، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރެއްވި ބޭފުޅުން ވެވަޑައިގެންނެވި ޤުރުބާނީއާ، މިއަދު މި އިންޑަސްޓްރީގައި ތިއްބެވި ބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްވެސް އެ މަނިކުފާނު ބަލައިގަންނަކަމަށް ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ، ކޯވިޑް-19ގެ ޚަބަރު ލިބުމާއި އެކު އެންމެ ފުރަތަމަ އެމަނިކުފާނު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް މަޓީގެ ބޭފުޅުން ހިމެނޭނެ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ނިންމި ނިންމުމަކީ ވަރަށް ދަތި އުނދަގޫ ނިންމުމެއް ކަމަށެވެ. އަދި އޭގެ ފަހުން ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލި އިރު އެކަމާއި ވެސް ދެކޮޅު ވިސްނުމުގެ ބައެއް ބޭފުޅުން ތިއްބެވި ކަމަށް ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ، އެހެންނަމަވެސް އެދަނޑިވަޅުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލުމަށް ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ވިސްނުމެއް ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދު އިއާދަވަމުން އަންނަނީ ކޮވިޑް19 ގެ ދުވަސްވަރު، ބޯޑަރުތައް ހުޅުވާލުމަށް ނިންމި ނިންމުމުގެ ސަބަބުން ކަމަށް ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، ފަތުރުވެރިކަން ސިންދަފާތުކޮށް ކުރިއެރުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވެމުންދާކަމަށެވެ. އަދި ކަންކަން ސިނާއަތުގެ ކަންކަމަށް ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވަމުން ގެންދަވާނެކަމަށްވެސް ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ، ފަތުރުވެރިކަމުގެ ޞިނާޢަތް ތަރައްޤީވަމުންދާ ހަލުވި ދުވެއްޔާ އަޅައި ބަލާއިރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކެޕޭސިޓީ އިތުރު ކުރުންކަމަށް ވާތީ އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި ހަދަމުންދާ ޓަރމިނަލުގެ ޚިދުމަތް ދޭން ފެށުމުން، އަހަރަކު 7.2 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވި، އަތޮޅުތަކުގައި ތަރައްޤީކުރާ އިތުރު އެއާޕޯޓްތަކުގެ ސަބަބުންވެސް، ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަތުރުވެރިކަމުގެ ޞިނާޢަތުގެ ބާނީންނަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވި ކުރީގެ ރައީސުންނަށް މަޓީގެ ފަރާތުން ދޭ އެވޯޑު ހަވާލުކޮށްދެއްވާފައެވެ.އަދި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް އުފައްދަވައި އަދި އެ ޞިނާޢަތު ކުރިއަރުވައި ހިންގެވުމުގައި މިހާރުވެސް ދެމިތިއްބެވި ބޭފުޅުންނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: