ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ އަހަރަށް މައުމޫނުގެ އަޒުމް: ބަހާއި ޢަމަލުގައި ތެދުވެރިވެ ތިބުން

ރައީސް މައުމޫން: ފޮޓޯ: އެމްއާރުއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޖުރީ އާ އަހަރު ފެށުމާއިއެކު ކަނޑައަޅާ އަޒުމަކީ މުސްލިމުންގެ އެންމެ މާތް ސިފަ ކަމުގައިވާ ބަހާއި އަމަލުގައި ތެދުވެރިވެ ތިބުންކަމުގައި ހެދުމަށް ދިވެހިރާއްޖޭގައި ދިގު 30 އަހަރުގެ ވެރިކަން ކުރެއްވި މައުމޫނު އަބްދުލްގައްޔޫމް އިލްތިމާޒް ކުރައްވައިފިއެވެ.

ހިޖުރީ އައު އަހަރު ފެށުމާއި ގުޅިގެން ސޯޝަލް ގިނަ ފަރާތްތަކުން އަންނަނީ އައު އަހަރުގެ ތަހުނިއްޔާ ކިޔަމުންނެވެ.

އެގޮތުން ރައީސް މައުމޫނުވެސް ވަނީ ޓްވީޓެއް ކުރައްވާ ހިޖުރީ އާ އަހަރު ފެށުމާއިއެކު ކަނޑައަޅާ އަޒުމަކީ މުސްލިމުންގެ އެންމެ މާތް ސިފަ ކަމުގައިވާ ބަހާއި އަމަލުގައި ތެދުވެރިވެ ތިބުންކަމުގައި ހެދުމަށް އިލްތިމާޒް ކުރައްވާފިއެވެ.

އައު އަހަރު ފެށުމާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެއްވި ހިތާބުގައިވެސް ވަނީ ހިޖްރައިގެ ޛިކުރާ އައުކުރާއިރު، އެންމެ ފުރަތަމަ ޢަޒުމަކަށް ހަދަންވީ، ހިތްތަކުގައިވާ އިސްލާމް ދީނުގެ މަތިވެރި ޢަޤީދާއަށް ގުޑުމެއް އެރިޔަނުދިނުމަށާއި، އިސްލާމީ ރިވެތި އަޚްލާޤާއި ތަރުބިއްޔަތުގެ މަތީގައި ސާބިތުވެ ތިބުމަށް ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މަނިކުފާނުވެސް ތިޔަ ވިދާޅުވި ގޮތުގަ ހުންނާތި، ނޫނީ ގޯހެއްނުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: