ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ޒައާމަތުގައި އިސްލާމީ ތަރަހައިގެ ތެރެއިން ބޭރެއް ނުވާނެ: ޝާހިދު

ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝަހިދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމެއްގައި އިސްލާމީ ތަރަހައިގެ ތެރެއިން ބޭރު ނުވާނެކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝަހިދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ސަރުކާރުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް، މި ސަރުކާރު އިސްލާމީ ތަރަހައިގެ ތެރެއިން ބޭރުނުވާހާ ހިދަކު ކުރާނަންކަމަށާއި އަދި ރައީސުލްޖުމްހުރިއްޔާ އިބްރާޙީމް މުހައްމަދު ސާލިހުގެ ޒައާންމަތުގައި އިސްލާމީ ތަރަހައިގެ ތެރެއިން ބޭރުނުވާނެކަމަށެވެ.

ރައީސް ސާލިހު އިސްލާމީ ވަހުދަތު ހިފަހައްޓާ، އިސްލާމް ދީނާއި ތައާރުޒުވާ ކަންތައްތައް ނުކުރައްވާނެކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އޭނާ ޔަގީންކަމާއިއެކު ވިދާޅުވީ ރައީސް ސާލިހު ގާނޫނާއި ހިލާފު އެއްވެސްކަމެއް ނުކުރައްވާނެކަމަށެވެ.

އިސްލާމީ އުސޫލުތައް ގަބޫލުނުކުރައްވާ ބޭފުޅަކު ޕާޓީގައި މަސައްކަތް ކުރައްވަން ބޭނުން ނޫންކަމަށާއި ޕާޓީގެ ހަމަތަކާއި އުސޫލުތައް ގަބޫލު ނުކުރައްވާ ބޭފުޅެއްނަމަ ޕާޓީ ދޫކޮށް ވަޑައިގަންނަވަންވީކަމަށް ވިދާޅުވެ، ޝާހިދު ފާހަގަކުރެއްވީ އޭގެތެރެއިން ބޭފުޅަކު ޕާޓި އާއި ވަކިވި ނަމަވެސް އެބޭފުޅުންގެ އެއްވެސް މައްސަލައެއް ނެތްކަމަށެވެ.

އެމްޑީޕީއަކީ ހިޔާލު ތަފާތުވުމަށް ޖާގަ ދޭ ޕާޓީއެއްކަމަށާއި ހިޔާލުތަފާތުވީ ނަމަވެސް އެއްވެސް ބޭފުޅަކު ޕާޓީ ދޫ ކުރައްވާ ވަޑައިނުގަންނާނެކަމަށް ޝާހިދު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ކޯޅުންތަކާއި ބައިބައިވުމާއިއެކުވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެތޯ ސުވާލުކުރުމުންނެވެ.

ޝަހިދު ވިދާޅުވީ ބައެއް ފަރާތްތަކުން ރައީސް ސާލިހާއި ދެކޮޅަށް ނިކުމެވަޑައިގަންނަވަނީ އަމިއްލަ މަސްލަހަތު ހުރި ކަންތައްތައްކެއްގެ ސަބަބުންކަމަށެވެ. ނަމަވެސް އެބޭފުޅުން ރައީސް ސާލިހުގެ ފަހަތުގައި އެތިއްބެވީ އެފަދަ އެއްވެސް ނިޔަތެއް ނެތިކަމަށް ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވަން އޭނާއަށް ފެނިވަޑައިގަންނަވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާޙީމް މުހައްމަދު ސާލިހު ކަމަށާއި، އެމަނިކުފާނާއިއެކު މަސައްކަތްކޮށް އިންތިހާބު ކާމިޠާބު ކުރެވޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.

” ﷲ އިރާދަ ކުރެއްވިޔާ 2023 އަޅުގަނޑުމެން ބޮޑުތަނުން ކާމިޔާބު ކުރާނަން. އަދި އެކަން ކުރުމުގައި އަޅުގަނޑުމްނެގެ ކެޑިޑޭޓެއްގޮތުގައި އަޅުގަނޑު ބޭނުންވަނީ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކުރިމަތިލައްވަން، އެކަން އެހެން އަޅުގަނޑުމެންގެ މަސައްކަތުން ވާންވެސް ވާނެ، އެމަނިކުފާނު 2023 ވަނަ އަހަރު ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާކަމުގެ ދެވަނަ ދައުރަކަށް އަނެއްކާވެސް އަނެއްކާ އިްތިހާބު ކުރާނަން”

ޝާހިދު ވިދާޅުވިއެވެ.

ޝާހިދު މިހެން ވިދާޅުވެފައި މިވަނީ، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ފޮރީން މިނިސްޓާ އަބްދުﷲ ޝާހިދަކީ ރާއްޖޭގެ ވެރިކަމަށް އަންނަން ބޭނުންވާ ހުރިހައި ރުކުނެއް ފުރިހަމަވާ ބޭފުޅެއްކަން އެމަނިކުފާނު ގަބޫލު ކުރައްވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިޙްއާއި އެމަނިކުފާންގެ ބަދަލުގައި ނިކުންނަން ޖެހޭނީ އެހެން ބޭފުޅެއްތޯ ނުވަތަ ތިން ވަނަ ފަރާތެއްތޯ އެމްޑީޕީގެ މެމްބަރުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ދުަވަސްތަކުގައި އެމްޑީޕީގެ މެމްބަރުން އެކަމުގައި ގޮތެއް ނިންމަވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
91%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ބޭރުނުވެ އެބަހުރިތޯ؟ އކ،ފކ،މަސްތުވާތަކެތި،ވައްކަމާއި ފޭރުން ދީނަށް ފުރައްސާރަކުރުން ކިހާވަރަކަށްތޯ ބޭރުވާނީ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: