ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއަށް ސާފު ބޯފެން ދޫކުރަން ފެށިތާ 34 އަހަރު

ޝެއާރކޮށްލާ ކަހަލަދޯ؟

1988 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 1 ވަނަ ދުވަހަކީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ނުސާފު ފެނުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލޭގައި ގާއިމްކުރި އިސްކުރުބަރިތަކަށް ސާފުބޯފެން ދޫކުރަން ފެށި ދުވަހެވެ.

އެއީ ބޭރުން ލޯނު ހޯދައިގެން ސަރުކާރުން ހިންގި ފުރަތަމަ މަޝްރޫއެވެ.

އިސްކުރުބަރިތަކަށް ސާފުބޯފެން ފޯރުކޮށްދޭން ފެށި ހިސާބުން އައިސް މިހާރު މިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ސާފުބޯފެން ފޯރުކޮށްދޭން ފެށިތާ 34 އަހަރުވެފައެވެ.

1988 ވަނަ އަހަރުގެ އޯގަސްޓް 1 ވަނަ ދުވަހު މާލޭގެ ދެކުނު ފަރާތު ހިއްކި ބިމުގައި ހަދާފައި ހުރި އުސް ކޮންކްރީޓް ތާނގީގައި ދިވެހި ދިދަ އާއި އެކި ކުލަތަކުގެ ދިދަފަތި ދަމާފައި ހުއްޓެވެ.

ތާނގީ ހަދާފައި ހުރި ޓަވަރާ ޖެހިގެން ދެކުނު ފަރާތުގައި ހުރީ ފެން ކުންފުނީގެ އޮފީސް އިމާރާތެވެ. އެ ދުވަސްވަރު މާލޭގެ ރައްޔިތުނަނަށް ކުރިމަތިވެފައި އޮތް ފެނުގެ މައްސަލައަށް ވަގުތީ ހައްލެއް ނަމަވެސް ހޯދައިދިނުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށް ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދޭން ފެށިއެވެ.

އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެންކުންފުނީގެ އެތެރޭގެ މަސައްކަތްތައް ބައްލަވައި ފެން ހޮޅީގެ ވޭލްދޫކޮށްލެއްވުމާއިއެކު މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ފެން އިސްކުރު ބަރިތަކަށް ދާން ފެށީ ލޮނުން އުފެއްދި އެހެނަސް ބޯން ވެސް ރައްކާތެރި ފެނެވެ. އެ ފެން އުސްތާނގީ މެދުވެރިކޮށް ހޮޅިތަކުން ފޮނުވާލުމުން އިސްކުރު ބަރިތަކާ ހަމައަށް ދިޔައިރު ހުރީ ކްލޮރިންވެސް ކުރެވި ފެނުގެ ސާފުތާހިރުކަން ކަށަވަރުވެސް ވެފައެވެ.

ސާފު ފެން ފޯރުކޮށްދިނުމާއި މާލޭގެ އާ ނަރުދަމާ އާއި ގޭގޭގައި ވާރެފެން ރައްކާކުރާނެ ހާހަކަށް ވުރެ ގިނަ ތާންގީ ހެދި މަޝްރޫއަށް 11 މިލިއަން ޑޮލަރު (އޭރުގެ ނަމަ ގާތްގަނޑަކަށް 78 މިލިއަން ރުފިޔާ) ހަރަދުވިއެވެ. އެއީ މިހާރު ނަމަ 170 މިލިއަން ރުފިޔާއެވެ. އޭގެތެރެއިން ގިނަ ފައިސާ ހަމަޖެއްސީ ބޭރު ގައުމުތަކާއި ޖަމާއަތްތަކުން ދިން ލޯނުންނެވެ.

1996 ވަނަ އަހަރު އެމްޑަބްލިޔުއެސްސީ އުފެދި، މާލޭގެ ގޭބިސީތަކަށް ސާފުބޯފެން ފޯރުކޯށްދޭތާ މިހާރު މިވަނީ 27 އަހަރު ވެގެން ގޮސްފައެވެ.

މިހާރު އެމްޑަބްލިޔުއެސްސީ އަކީ ފުޅާ ދާއިރާއެއްގައި ފެނާއި ނަރުދަމާގެ ހިދުމަތްތައް ރާއްޖޭގައި ފޯރުކޮށްދޭ ކުންފުންޏެކެވެ.

މިގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް މިސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށްޓަކާއި އެމްޑަބްލިޔުއެސްސީ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިހާރު 4 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިމިފައިވާއިރު 31 ރަށެއްގައި އަންނަނީ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: