ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިހާން ޕީޕީއެމަށް ހިތްބުރަކަމެއް ނެތް، ޕާޓީ ދޫކުރީ ”ޖުލައި 2019“ ގައި ދިމާވިކަމަކުން!

ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ގޮތުން ގިނަ ހިދުމަތްތަކެއް ކުރެއްވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ މެމްބަރުންނާއި، އެއްވެސް މައްސަލައެއް ނެތްކަމަށާއި ދިމާވި ބައެއް ސަބަބުތަކާއި ހުރެ ޕާޓީން ދުރުވާން ޖެހުނު ނަމަވެސް އެ ވާހަކަތަށް ދައްކަން ބޭނުން ނުވާކަމަށް އެ ޕާޓީގެ ކުރީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް ސިޔާސީ ޕާޓީ ޕީޕީއެމްގެ ޕޯޑިއަމްތަކުން އެންމެ އަޑުހަރުކޮށް ފެނުނު، ނިހާން އެ ޕާޓީ ދޫކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމަށް ފަހު އެވެ. އަދި ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް ފަހު، އޭނާ މީޑިއާތަކާއި ބައްދަލު ކުރެއްވީ ޖޭޕީގެ ހަރަކާތްތަކާއި ބެހޭ މައުލޫމާތުތައް ހިއްސާ ކުރުމަށް ބޭއްވި ދެ ޕްރެސްއެއްގެ ތެރެއިންނެވެ. ޖޭޕީއާއި ގުޅިވަޑައިގަތުމަށް ފަހު ވެސް ސިޔާސީ ކަންކަމުގައި ވަރަށް ދުރުގައި ހުންނެވި ނިހާން، ރާއްޖޭގެ މީޑިއާއަކަށް އިންޓަވިއުއެއް ދެއްވީ ދެ އަހަރު ދުވަހަށް ފަހު އެވެ.

ސިޔާސީ ދާއިރާގައި މިވަގުތު ދުރުގައި ހުންނެވި ނިހާންގެ މައްޗަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ދައުވާތަކެއް ވަނީ އުފުލާފަ އެވެ. އަދި މައްސަލައިގެ ޝަރީއަތްތައް ކުރިޔަށް ދާއިރު އޭނާގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ، ސަރުކާރު ކޯކިޝަނާއި ގުޅުނީ، އެކަމުން ސަލާމަތްވެވޭނެ މަގު ހޯދުމަށްކަމަށް ބުނެ އެވެ.

މި ތުހުމަތުތައް ދޮގު ކުރައްވައި “ސަންގު ޓީވީގެ” ޚަބަރަށްފަހު ޕްރޮގްރާމުގައި ނިހާން ވިދާޅުވީ ޕީޕީއެމްގެ އެތެރޭގައި ދިމާވި ބައެއް ކަންތަކަށް ފަހު ޖޭޕީ އާއި އޭނާ ގުޅުވަޑައިގަތީ 2019، އޮގަސްޓު 21 ގައިކަމަށެވެ. އަދި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައި އޮތް ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރީ 2020 އޮކްޓޯބަރު 20 ގައިކަން ފާހަގަކޮށް ނިހާން ވިދާޅުވީ ސަރުކާރުގެ އެއްވެސް ތަހުގީގީ އިދާރާއަކުން، ނުވަތަ މުވައްސަސާއަކުން އޭނާގެ މައްޗަށް ބޮޑު ތުހުމަތެއްކޮށް ހާޒިރު ކުރާނެކަމަށް ހިތަށްވެސް ނާރާކަމަށެވެ.

ޕީޕީއެމް ދޫކުރިތާ އަހަރެއް ފަހުން، ތަހުގީގީ އިދާރާއަކަށް ހާޒިރު ކުރުމާއި، ޕީޕިއެމާއި ގުޅުވައި ވާހަކަ ދައްކަނީ މާބޮޑު މައުލޫމާތުތަކެއް ނޭނގޭތީ ނުވަތަ ބައެއްގެ ހިތުގައި އޭނާއާއި މެދު ސިޔާސީ ހިތްހަމަނުޖެހުމެއް އޮވެގެންކަމަށް ގަބޫލު ކުރެވޭކަމަށް ނިހާން ވިދާޅުވު އެވެ.

“އަޅުގަނޑާއި ހަމައަށް އެ ނޯޓު އައުމާއި ހަމައަށް މާނައަކީ، އޮކްޓޯބަރު 2020 ވަނަ ދުވަހުގެ މެންދުރުފަހުން އަޅުގަނޑަށް ފޯނު ކޯލެއް އައިސް ހަވާލު ކުރަންޖެހޭ ޗިޓެއް އެބައޮތޭ ބުނުމާއި ހަމައަށް ހިޔާލުގެ އެއްވެސް ހިސާބަކަށް ކޮރަޕްޝަނާއި ގުޅުން ހުރި، ރިޝްވަތާއި ގުޅުން ހުރިވެސް، މަނީލޯންޑްރިން އާއި ގުޅުން ހުރިވެސް އެހެންކަމަކާއި ގުޅުންހުރި އެއްވެސް ކަމަކާއި ވެސް ގުޅުވައި ތަހުގީގެއް ހިންގާކަމަށް ހީކުރެވިފައި ނެތް… އެކަހަލަ އެއްވެސް ކަމެއްގައި އިންވޯލްވެވިފައި ނެތް…” ނިހާން

ޕީޕީއެމްގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރަކަށް ހުރިއިރު ހިނގިކަމަކާއި ގުޅުވައި ތަހުގީގެއް ހިންގަފާނެކަމަށް ބަލައި، ޕާޓީ ދޫކުރުމުގެ ބަދަލުގައި އެހެން މީހުންގެ ވެސް އަމަލުތައް ހުންނަހެން ރާއްޖެ ދޫކޮށް ދިއުމުގެ ފުރުސަތު އޮތްކަން ނިހާން ފާހަގަކުރެއްވި އެވެ.

ނިހާން ވިދާޅުވީ ޕީޕީއެމަކީ އޭނާވެސް ހިމެނޭހެން ގިނަބައެއްގެ ބުރަ މަސައްކަތަކާއި އެކު އުފެއްދި ޕާޓީއެއްކަމަށާއި، ޖޭޕީއާއި ގުޅި އެހެން ސިޔާސީ ފިކުރެއްގެ ތެރެއިން މަސައްކަތް ކުރަން ފެށިތާ ދެ އަހަރުވީ އިރު ދުވަހަކު ވެސް އޭނާ ކުރިން މަސައްކަތް ކުރި ޕީޕީއެމާއި އެ ޕާޓީގެ އެއްވެސް މެމްބަރަކަށް އަމާޒުކޮށް ބަހެއް ބުނެފައި ނުވާނެ ކަމަށެވެ.

އިދިކޮޅުގެ ބައެއް ޕްރެސް ކޮންފަރެންސްތަކާއި، އެހެން މުނާސަބާތަކުގައި ޕާޓީ ދޫކޮށް ދިއުމުގެ ސަބަބުން އޭނާގެ ނަން އައި ނަމަވެސް އެފަދަ އެއްވެސް ކަމެއްގެ ތެރެއަށް ވަދެ ރައްދު ދިނުމުގެ ވިސްނުމެއް ނެތްކަން ނިހާން ފާހަގަ ކުރެއްވި އެވެ.

“އަޅުގަނޑު މިއަދުވެސް، މާދަމާވެސް އޭގެއިން އެއްވެސް އެއްޗަކަށް ރައްދު ދޭކަށް ނެތީން… މާތްﷲ އާއި ވަކީލު ހަމަގައިމު ވެސް އަޅުގަނޑާއި ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރި ޕާޓީގެ މަސްލަހަތު ގެއްލޭވަރުގެ ވާހަކައެއް ދައްކާކަށް ނެތިން.. އަދި ފަހުން ވެސް ދައްކާކަށް” ނިހާން

ތަހުގީގުތައް އަމާޒުވެފައި އޮތީ، ޕީޕީއެމްގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރި އިރު ހިނގިކަމެއްގެ ތެރެއަށްކަން ތަކުރާރުކޮށް ނިހާން ވިދާޅުވީ އޭރު ސިޔާސީ ކޮންމެ ކަމެއްގެ ތެރެއިން ވެސް ޕްރެސްއެއް ދޭން ޖެހެނީ އޭނާކަމަށެވެ. އަދި އެ ވާހަކައިގައި އަބަދުވެސް ފާޑުކިއުންތައް އަމާޒު ކުރެވިފައި ހުންނާނީ މިއަދު ވެރިކަމުގައި އޮތް އެމްޑީޕީއަށްކަން ފާހަގަ ކުރި އެވެ.

“އަބަދުވެސް ޕީޕީއެމް ވެރިކަމުގައި އޮންނަނަމަ އިދިކޮޅުގައި އެމްޑީޕީ… އެމްޑީޕީ ވެރިކަމުގައި ނަމަ އިދިކޮޅުގައި ޕީޕިއެމް… އެކަހަލަ ގޮތަކަށް އަބަދުވެސް މިދަނީ… އެހެންވީމަ އެ ސިޔާސީ ހަނގުރާމައިގައި އެދޭތެރޭގައި އެންމެ ގިނައިން ދުނިދަނޑި ދޫކޮށްފައި ހުރި މީހަކަށް އަޅުގަނޑު ވާނެ.. އެހެންވީމަ އެމްޑީޕީގެ އަބަދުވެސް އެ ޒާތީކަން އޮންނާނެ.. އެބޭފުޅުން އަބަދުވެސް ލޮޓިއެއް ދޭން ބޭނުންވާނެ.. ޕީޕީއެމްއިން އަޅުގަނޑު ނިކުތުމާއި މީގެއިން އެއްވެސް ކަމަކާއި ގުޅުމެއް ނެތް” ނިހާން

ޕީޕީއެމްގެ އެއްވެސް މެމްބަރަކާއި ހިތްބުރަކަމެއް ނުވަތަ މައްސަލައެއް ނެތްކަން ފާހަގަކޮށް ނިހާން ވިދާޅުވީ އޭނާ ކުރީ އިހުލާސްތެރި މަސައްކަތްތަކެއް ކަމަށެވެ. ސަރުކާރު ބަދަލުވެ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ވެސް ހަތަރު މަސް ދުވަސް ވަންދެން ޕާޓީގައި ހުންނެވިކަން ފާހަގަކޮށް ނިހާން ވިދާޅުވީ ދިމާވި ބައެއް ސަބަބުތަކާއި ހުރެ މަޑުމަޑުން ދުރަށް ޖެހެން ވިސްނީ ކަމަށެވެ. ނަމަވެސް އެއީ ކޮންކަމެއްކަން އޭނާ ވިދާޅެއް ނުވެ އެވެ.

“އަޅުގަނޑަށް އެ ދިމާވިކަމެއް، ދިމާވީ ހިސާބުން އަޅުގަނޑު މަޑުމަޑުން ދުރަށް ޖެހުނީ” ނިހާން

ޕާޓީގެ އެތެރޭގައި މައްސަލައެއް ޖެހުނީތޯ، ނުވަތަ ނޫންތޯ ނިހާންގެ ވާހަކައިން ސާފުވެފައި ނުވާތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެއްވެސް މައްސަލައެއް ޖެހިފައި ވޭތޯ ނުވަތަ ދެބޭފުޅުންގެ ގުޅުން ރަނގަޅުތޯ ސުވާލު ކުރުމުން ނިހާން ވަކި ޖަވާބެއް ނުދެއްވި އެވެ. ހަމައެކަނި ވިދާޅުވީ، “2019 ޖުލައި” މަހުން ފެށިގެން އެ ވާހަކަ އޭނާ ނުދައްކާ ކަމަށެވެ. އަދި އިތުރަށް އެ ސުވާލުގެ ވާހަކައެއް ނުދައްކަވަ އެވެ.

ނިހާން ވިދާޅުވީ ސިޔާސީ ކަންކަމުން ދުރަށް ޖެހި، އޭނާގެ ތައުލީމީ ހަޔާތް ފެށުނުކަމަށާއި މިވަގުތު ތައުލީމު ހާސިލު ކުރައްވަމުން ގެންދަވަނީ ޝަރީއާ އެންޑް ލޯގެ ދާއިރާއިން ކަމަށެވެ. އަދި އޭނާއަށް ދިމާވިކަންކަމަކީ ކުރިމަތިވި އިމްތިހާނެއްގެ ގޮތުގައި ދެކޭކަމަށް ވިދާޅުވި އެވެ.

ޕާޓީ ދޫކުރެއްވުމަށް ފަހު، މިވީ ދެ އަހަރުގެ ތެރޭގައި ޕީޕިއެމް އަދި ޕީއެންސީ ނުވަތަ އެ ޕާޓީގެ އެއްވެސް މެމްބަރަކަށް އަމާޒުކޮށް ނިހާން ފާޑުވިދާޅުވެފައި ނުވާކަން ފާހަގަ ކުރެވެ އެވެ. އަދި ޕްރޮގްރާމުގައި ވެސް އެފަދަ އެއްވެސް ތުހުމަތެއް ނުކުރައްވަ އެވެ.

ވަރަށް ގަދަ
48%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 26%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 11%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވަރަށް ސާފު، ފައިސާއާއި ބާރުގެ ފަހަތުން ދުވުން، މިހާރު ހިޥީ ކަންނޭގެ ޕީޕީ އަށް އަލުން ވެރިކަން ލިބިދާނެހެން. ހުސް ކޮރަޕްޓްވަގުން ތީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: